Support Us

ޞުލްޙައިގެ މެދުވެރިއެއްގެ ބައި ކުޅުމަށް ޗައިނާއިން ހުށައަޅައިފި

އިސްރާއީލާއި ފަލަސްޠީނުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ފޯނުން ގުޅުއްވައި، ސުލްޙައިގެ ވާހަކަދެއްކުންތަކަށް މަގުފަހިކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގަންގް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރާ ޙަވަލާދީ ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ބުނިގޮތުގައި ފަލަސްޠިނާއި އިސްރާއީލާ ދެމެދުގައި މަސްރަޙު ހޫނުވަމުންދާތީ އެކަމާމެދު ޗައިނާ ކަންބޮޑުވެއެވެ. "ދެ ދައުލަތުގެ ޙައްލު" އާ އެއްގޮތަށް ސުލްޙަ ޤާއިމުކުރުމަށް ޓަކައި ވާހަކަދެއްކުންތައް އަވަހަށް ފެށުމަށް މޭޒުދޮށަށް ދިޔުމަށް އޭނާ އިސްރާއީލަށާއި ފަލަސްޠީނަށް ގޮވައިލެއްވިއެވެ. އަދި 2021ވަނަ އަހަރު އިސްރާއީލުން ޣައްޒާއިން ދިން ޢުދްވާނީ ޙަމަލާތަކާ ވިދިގެން ޗައިނާއިން ވަނީ ސުލްހައިގެ ހަތަރު ނުކުތާގެ އިސްނެގުމެއް ހުށައަޅައިފައެވެ.

ޗައިނާއަކީ އިސްރާއީލު-ފަލަސްޠީނު މަސްއަލައިގައި ޚާއްޞަ މަސްލަޙަތެއް އޮތް ޤައުމެއް ނޫނެވެ. ޗައިނާ ބޭނުންވަނީ ފަލަސްޠީނާއި އިސްރާއީލު ސުލްޙަވެރިކަންމަތީ ދެމިއޮތުމަށެވެ. އެހެނަސް އިސްރާއީލާ ފަލަސްޠީނާ ދެމެދުގައި ބޭއްވޭ ވާހަކަދެއްކުންތަކުގައި ދޭތެރެމެދުގައި ހިނގާ ފަރާތެއްގެ ދައުރު އަދާކުރާން ޗައިނާއިން ހުށައެޅި ކަމަކަށް އިސްރާއީލަކުން ނުބުނެއެވެ. އިސްރާއީލު ބުނާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރު އިސްރާއީލުގެ ވަޒީރު ކޮހީނާއެކު ބަހުސްކުރެއްވީ ރަމަޟާން މަހުގެ ފަހު ދިހައިގައި އަޤްޞާ މިސްކިތް ހަމަހިމޭންކަންމަތީ ބޭއްވުމުގެ އަހައްމިއްޔަތާ ބެހޭގޮތުންނެވެ.

އިސްރާއީލުގެ ވަޒީރުގެ ވާހަކަފުޅުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާމެދު އިސްރާއީލު ކަންބޮޑުވާ ވާހަކަ ދެންނެވިއެވެ. ޗައިނާގެ ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި ޚާރިޖީ ވަޒީރު ގަންގް ފަލަސްޠީނުގެ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ސުލްޙައިގެ ވާހަކަދެއްކުންތައް ވީހާ އަވަހަކަށް ފެށުމަށް ޗައިނާއިން ތާއީދުކުރެއެވެ. މި ކަމުގައި ޗައިނާގެ އެހީ ލިބޭނެ ކަމަށް ވަޒީރު ގަންގް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *