ފީވެ ވެއްޔާ އެކުވެ ބިމުގައި އޮންނަ ވަގުތު ހަނދާން ވުމުން
ހީވެ ބިރު އުޅެވޭ ނުބައި ގޮތް ދޫވެވޭނަމަ ހެޔޮ ހިތުން
ނަން ތިމާގެ މި ބިންމަތީން ނެތި ފޮހެވިގެން އަދި ދާނެކަން
ކަންހިނގާ ހަމައިން ކުރިން ވިސްނޭނެނަމަ ކަން ހުރިމަގުން
ނަރަކަޔަށް ބިރުވެތި ވެވޭނަމަ ހިތް އެދޭ ގޯސް ކަންކަމަަށް
ސަރަމު ހިތުގައި އުފެދި އެކަމެއް ދޫވެވޭނަމަ ހިންމަތުން
އެއްކުރާ މުދަލާ އަޅާ ގެދޮރާ އަތުން ބީވާނެކަން
އެއްކުރަން އުޅުމުގެ ތެރޭ ހިތުގައި ހިނގާނަމަ ރަޙުމަތުން
ޙައްޤަކަށް މީހެއްގެ ނާރައި ދުނިޔެ އުޅުމުގެ ހިނދުކޮޅުން
ކަށްވަޅާ ހަމަޔަށް ދެވޭނަަމަ ދީން އެދައްކާ ތެދު ރޮނގުން
އެއްކުރައްވާ ދުވަހު ކުރިމަތި ވާނެ ބިރުވެރި ކަންކަމަށް
އެއްފަހަރު ވެސް ފިކުރު ހިންގޭނަމަ ހިނގޭނީ ހެޔޮ މަގުން