Support Us

އިމާމު މީހާގެ ފަހަތުގައި ނަމާދުކުރާއިރު މައުމޫމުން ކިޔެވުމުގެ ޙުކުމާ ބެހޭ ވާހަކައެއް

އިމާމު މީހާގެ ފަހަތުގައި ނަމާދުކުރާއިރު މައުމޫމުން ކިޔެވުމުގެ ޙުކުމާ ބެހޭ ގޮތުން ބަހުސް ކުރުމަށް، އެއް ދުވަހަކު ޖަމާއަތެއްގެ ބަޔަކު އިމާމު އަބޫ ހަނީފާގެ އަރިހަށް ދިޔައެވެ. އެހިނދު އިމާމު އަބޫ ހަނީފާ އެބައިމީހުންނަށް ވިދާޅުވިއެވެ:

"އަހުރެން އެއްފަހަރާ ތިޔަ ހުރިހާ އެންމެންނާ ބަހުސްކުރާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ފަރާތުން ވާހަކަ ދައްކާނެ، އެކަކު އައްޔަން ކުރާށެވެ."

ކޮންމެއަކަސް އެމީހުން އަބޫޙަނީފާ އެދިވަޑައިގެންނެވި ގޮތަށް ރުހި ގަބޫލުވެ، އެމީހުންގެ ފަރާތުން އެ މައްސަލައިގައި ބަހުސްކުރާނެ އެކަކު އައްޔަން ކުރިއެވެ. އެހިނދު އިމާމު އަބޫ ހަނީފާ އެބައިމީހުންނަށް ވިދާޅުވިއެވެ.

"ތިޔަބައިމީހުން އެގޮތަށް ގަބޫލުވެ އެކަކު އަޔަންކޮށްފިއެވެ. އެހެންކަމުން ދެން އަހަރެމެންގެ ބަހުސް ނިމުނީއެވެ. އެންމެންގެ ފަރާތުން ވާހަކަ ދައްކާނެ އެކަކު އައްޔަން ކުރި ފަދައިން އިމާމުވެސް، އޭނާއަށް ތަބާވެ ނަމާދުކުރާ މީހުންގެ ފަރާތުން ކިޔަވައެވެ."

ކޮންމެއަކަސް އިމާމު އަބޫ ހަނީފާ އެކަލޭގެފާނުގެ ހުކުމް ބިނާކުރެއްވީ ބުއްދީގެ ދަލީލެއްގެ މައްޗަށް ނޫނެވެ. ނަމަވެސް އެކަލޭގެފާނު ހަގީގަތުގައި ހުކުމް ބިނާވެފައިވަނީ ސައްޚަ ސަނަދަކުން، ކީރިތި ރަސޫލާ ﷺގެ އަރިހުން އައިސްފައިވާ ޙަދީޘުގެ މައްޗަށެވެ؛ ((مَنْ كَانَ لَهُ إِمَامٌ، فإِنَّ َقِرَاءَةَ الْإِمَامِ لَهُ قِرَاءَةٌ)) މާނަ އަކީ އެމީހެއްގެ އިމާމަކު ކަމުގައިވާ މީހާގެ ކިޔެވުމަކީ އޭނާގެ ވެސް ކިޔެވުމެވެ.

މަސްދަރު: ސީރަތުއް ނުއުމާން/ ހަންޑްރެޑް ސްޓޯރީސް އޮފް އިމާމް އަބަޫ ހަނީފާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *