އަޅުތަކުން ތޯހިރުވެ ތެދުމަގުގައި އަލުން ސާބިތުވުމަށް
ވަޅުލެވުމުގެ ކުރިން މިއީ ރަން ފުރުޞަތެއް އޮތް ހޯދުމަށް
އަޅުކަމަށް ބުރެހެލިވެ ދުރުހެލި ވެވުނުމިންވަރު ބޮޑުވުމުން
ފަޅުވެގެން ދިޔަ ހިތްތަކަށް ނޫރުން އަލުން އަލިކޮށް ލުމަށް
ހަރުވުމުން ނިކަމެތި ފަޤީރުންނަށް އަޅާ ނުލެވޭ ކަމުން
ދަރުމަވެރި ރަޙުމުގެ ފަރާތަށް ހިތް މުޅިން ލަންބާ ލުމަށް
ހިތް އެދޭ އެދުމަށް ނުޖެހިފަސް ފާފަވެރި ޢަމަލުގެ ތެރޭން
ފިތްކަނޑައިގެންދާ ވަރަށް ކުށް ކުރިކުރުން ދޫކޮށްލުމަށް
ދުނިޔެއުޅެނިމި މަރުވުމަށްފަހު ނަރަކައިން ނުދިނޭ ވަރަށް
އުނިކަމުން ވިސްނުމުގެ ކުރެވުނު ފާފައިން ތައުބާވުމަށް
މާތް އަޅުންގެ ތެރޭ ވެގެން ތަޤްވާގެ ހެޔޮ ފޭރާން އަޅައި
ވާތްފަރާތުގެ އަޅަކު ކަމުގައި ނުވެ ސަލާމަތް ހޯދުމަށް