މައްސަރުން ލިބިފައިވަނީ ކޮން ސިފަތަކެއްތޯ ވިސްނެޔޭ
ގަސްތުކުރި ބޭނުންވި ސިފަތައް ޚުލްޤުވެރި ބޭނުންވެޔޭ
ޙަސަދައިން ހިތް ކިލަނބުކޮށްފައި މީސްތަކުންނަށް ނުރުހުމާ
ނަސަބު މޮޅު ދެރަ ކެޓަގަރީކޮށް މިންކުރަން ހިތް ނުރުހެޔޭ
ދެރަކަމެއް އެކަކަށް ވިޔަސް ނުލިބުން އަދައިގެން ގަދައަޅައި
އެރަށު މީހުން މިރަށު މީހުން ފަރަގު ނުކުރަން އެދެވެޔޭ
ގެއްލިފައި އިތުބާރު ނަފްސުގެ ކުރިމަތީ އަގު ވެއްޓިފައި
ހެއްލުމުގެ އަހުގައި ސަވާރުވެ ދުއްވުމަށް ނުރުހުންވެޔޭ
ދޫކުރަން ކަންކަން ރަނގަޅުނޫން ރޯދައިން ދަސްކުރެވުމުން
ދޫކުރަން ހުރިހައި ނުބައި ޢަމަލެއް ނަފުސު އެބަ ބުނެދެޔޭ
ރިވެތި ސިފަތައް ނަފްސުގައި ހަރުލައި ލަފާ އަޅަކަށްވެގެން
ރިވެތި ގޮތުގައި ދުނިޔެ އުޅުމުގެ އާދަޔަށް ހިތް ދަހިވެޔޭ