Support Us

ޖަރްމަނުގެ ޚާރިޖީ ވަޒީރާ އަނާލިނާ ބެއަރބޮކް

ތައިވާން ކަނޑުއޮޅި ނާމާންވެއްޖެނަމަ ދުނިޔެއަށް ބޮޑު ބިރެއް ކުރިމަތިވެދާނެ

ތައިވާން ކަނޑުއޮޅީގައި ޢަސްކަރީ ޙަރަކާތްތައް ހޫނުވެއްޖެނަމަ މުޅި ދުނިޔެއަށް ބޮޑު ބިރެއް ކުރިމަތިވެދާނެ ކަމަށް ޖަރްމަނުގެ ޚާރިޖީ ވަޒީރާ އަނާލިނާ ބެއަރބޮކް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ވިޔަފާރީގެ 50% ކޮންމެ ދުވަހަކު ދަތުރު ކުރަނީ މި ކަނޑުއޮޅިތެރެއިން ލައިފައެވެ.

އަނާލިނާ ވިދާޅުވިއެވެ. "އެހެންކަމުން މި ކަނޑުއޮޅި ބަންދު ވެއްޖެނަމަ ދުނިޔެއާ ބޮޑު ކާރިސާއަކާ ކުރިމަތިވާނެއެވެ."

ޖަރްމަނުގެ ވަޒީރާ ޔުކްރޭން ހަނގުރާމަ ހުއްޓުމަށް ރަޝިޔާއަށް ގޮވައިލުމަށް ޗައިނާގެ ކިބައިން އެދިވަޑައިގަތެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާއަށް ވުރެ ބޮޑަށް ރަޝިޔާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެހެން ޤައުމެއް ނެތެވެ.

ބޭޖިންގްގައި ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. "ހަނގުރާމަ ހުއްޓުމަށް ޗައިނާއިން ރަޝިޔާއަށް ގޮވައިނުލަނީ ކީއްވެގެންތޯ ސުވާލުކުރާން ބޭނުމެވެ."

ޖަރްމަނުގެ ވަޒީރާ މި މޭރުމުން ވާހަކަފުޅު ދައްކަވާއިރު ޖަރްމަނާއި ނޭޓޯގެ އެހެނިހެން ޤައުމުތަކުން ދަނީ ޔުކްރޭނަށް އިތުރަށް ހަތިޔާރުދީ ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ކިޔީވަށް ހިތްވަރުދެމުންނެވެ. ރަޝިޔާ ބުނާގޮތުގައި އެއީ އަލިފާންގަނޑަށް ތެޔޮ ޖެހުންފަދަ ކަމެކެވެ. ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދަނީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ސަބަބުންކަމަށް މޮސްކޯއިން ތުހްމަތު ކުރެއެވެ. ހުޅަނގުން ބޭނުން ވަނީ ރަޝިޔާ ބަލިކޮށް ޔުކްރޭނަށް ނަޞްރު ހޯދައިދިނުމަށެވެ.

ޗައިނާއިން އިސްނަގައިގެން ހުށައަޅައިފައިވާ 12 ނުކުތާގެ ޞުލްޙައިގެ މަޝްރޫޢާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުންނެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ ޞުލްޙަ ޤާއިމުކުރުމާ ދެކޮޅު ހައްދަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ހަނގުރާމަ ހުއްޓޭނީ ރަޝިޔާއިން ހިފައިފައިވާ ޔުކްރޭނުގެ ބިންތައް އަނބުރާ ލިބުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *