Support Us

ދިވެހިބަހަށް ކުރިމަގެއް އެބަ އޮތްބާ؟

ދިވެހިބަސް ދިވެހީންގެ ތެރެއިން އުވިދިއުން ގާތް އެބަވެޔޭ
ދިވެހި ކާބަފައިން ބަހަށް ރަނގަޅަށް އަމާނާތްތެރިވިޔޭ

ވިސްނުމެއް ގައުމީ ނަޒަރަކުން އޮތްކަމަށް ނުބެލޭ ކަމުން
ވިއްސަކަށް އަހަރުގެތެރޭ ނެތިގެން ދިވެހިބަސް ދާނެޔޭ

ބޭރު ބަހަކުން ބުނެ ނުދޭނަމަ ދޭހަ ނުވެޔޭ ބަސް ބުނާާ
މޭރުމެއް ފަހުމެއް ދިވެހިބަހަކުން ނުވާ "ބައި" ގިނަވެޔޭ

އުނގެނެވޭ މާއްދާ ކިޔެވުމަށް ބޭރުބަސް ޖެހުމުން އެނގެން
އުނގެނެވުނުބޭނުން ދިޔަސްކެނޑިގެން އެބަސްދޫނުކުރެޔޭ

ދައުލަތުގެ ގިނަ ތަންތަނުން ޖެހެނީ ފުރަން އެކި ފޯމުތައް
ގައުމުގައި އޮތް މާދަރީބަސް ނޫން ބަހުން ކަމުގައިވެޔޭ

މަގުމަގާ ތަންތާނގެ ނަންތައް އެލިޔަނީ ލެޓިނުންކަމުން
އަގުނެތަސް ތާނައިގެ އެންމެންނަށް އެގޮތް ކަމުގޮސްފިޔޭ

އޮތްކަމަކު ލަފްޒެއް ކަރާޔަށް އެބުނަނީ ވޯޓާމިލަން
ފޮތް ދިވެހި ނަމަކަށް ވިޔަސް "ބުކް" ދޫމަތީ ހަރުކޮށްފިޔޭ

ވަކި އިދާރާއެއް އެކަމުގައި ޚާއްޞަކޮށް މަތިކުރި ކަމަކު
ހަކި ހިފާނެ ގޮތެއް ބަލަން ރަސްމީ ދިރާސާ ނުކުރެޔޭ

ރައިވަރާ ޅެން ފަރިހި އަންބާ ކާގެ ޒާތުގެ ބަނދި ތަކުން
ހައިފިލާ ފޮނި ޖުމްލައިން ބަސްބުނި ޒަމާން މާޒީވިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *