...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރޯދަމަހުގެ ހަނދު ފަހު ކުއާޓަރު ފަށަނީ

ކޮންމެ ހަނދު މައްސަރެއްގައި ވެސް ހަނދުގެ އޭގެ އާދައިގެ މަތީން ދުނިޔެ ވަށައި ބުރެއް ޖަހައެވެ. އެގޮތުން މި ރޯދަމަހުގައި ހަނދު ޖަހާ ބުރުގެ ތިން ވަނަ ކުއާޓަރ މިއަދު (13 އޭޕްރީލް) ގައި ނިންމައި ހަތަރު ވަނަ ކުއާޓަރަށް ފަށާނެއެވެ.

ހަނދު ފަލަކުން ހިނގާ ހިނގުމުގައި މިއަދު މެންދުރުފަހު މާލޭ ގަޑިން މެންދުރު 2:10 ގައި "އަވިހި" ނަކަތުގެ 06 ދަރަޖަ 03 ދަގީގާ ހަނދު އަރައި ހަމަވާ ވަގުތަކީ، މި ރޯދަމަހު ހަނދު ޖަހާ ބުރުގެ ތިން ވަނަ ކުއާޓަރު ނިމި ހަތަރު ވަނަ ކުއާޓަރ ހަނދު ފަށާ ވަގުތެވެ.

އެހެންކަމުން، މިއަދު ހެނދުނު މާލޭގަޑިން 06:00 ގައި މާލެއަށް އިރު އުދަވާ ވަގުތުގެ ފަސް މިނެޓް ފަހުން، މާލެއަށް ހަނދު މެރީޑީއަމް ވާނެއެވެ. މެރީޑިއަމްވުމަކީ، އިރު ހަނދާއި ތަރިތަކާއި ގުރަހަތައް ފަދަ ތަކެތީގެ، އިރު ހުޅަނގުގެ ގޮތުން ސީދާމެދު، އެތަނެއް އޮންނަ ޚައްޠު ޠޫލު އަށް އައުމެވެ. ނުވަތަ މެދުވުމެވެ.

އެ ހަމައިން، މާލެއަށް ހަނދު މެރީޑިއަމް ވުމޭ ބުނެފައި އެވަނީ، މާލެ އޮންނަ ޚައްޠު ޠޫލު ކަމުގައިވާ 73 ގަރަޖަ 30 ދަގީގަށް ހަނދުގެ ސީދާ މެދު ދިމާވުމަށެވެ. މިއަދު މާލެއަށް ހަނދު މެރީޑިއަމްވާނީ މާލޭ ގަޑިން ހެނދުނު 06:05 ގައެވެ. އެވަގުތު ހަނދު ހުންނާނީ ލޮލަށް ފެންނަ ފެނުމުގައި ސީދާ ފަޅިހަނދެއްގެ ގޮތުގައެވެ. ހަނދުގެ އަލިކަން ހުރި ފަޅި ހުންނާނީ އިރުމަތި ފަރާތަށެވެ. ހަނދު ހުންނާނީ 26 ދަރަޖަ 33 ދަގީގު ދެކުނުގައެވެ.

ދެން ހަނދު ދަތުރު ކުރަނީ ޝައްވާލު މަސް ފެށުމަށް އެއްއުއިވާ ފަލަކީ ޕޮޒިޝަނަށް ދިއުމަށެވެ. ޝައްވާލު މަސް ފެށުމަށް އެއްއުވާ ފަލަކީ ޕޮޒިޝަނަކީ "އައްސިދަ" ނަކަތުގެ 12 ދަރަޖަ 42 ދަގީގެވެ. އެ ޕޮޒިޝަނަށް ހަނދަށް ދަތުރު ކުރެވޭނީ މި އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހެނދުނު މާލޭ ގަޑިން 09:11 ގައެވެ.

އެވަގުތު އެއްއުއިވުމުގެ ސަބަބުން، އެދުވަހު އިރު އޮއްސުމުގެ ފަހުން 15 މިނެޓްގެ ވަގުތުގައި މާލެއަށް ހަނދު ފެންމަތީގައި ހުންނާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.