ފަތުޙު މައްކާ ހަނދުމަ ނެތްފަދަ ޤަރުނަކަށް މިޤަރުނުވެޔޭ
ހަތުރުވެރި އެއްވެސް ކަމެއްނެތް ފަތަޙައެއް ފެނިފައިވެޔޭ
ޢާއްމު އަފުއާއްމެއް ހަރަންފުޅުގައި ރަސޫލާ ދެއްވިގޮތް
ޚާއްޞަ ދަރުސު ތަކުން ދަރީންނަށް ސާފުކޮށް ދޭންވާނެޔޭ
ގެއްލުމާ އަނިޔާގެ ޙައްދެއް ނެތް ވަރަށް އުފުލުނު ހިނދުން
ދެއްވި އިޒްނަފުޅަށް ކުރެއްވެވި ހިޖްރަ ވިސްނެން ވާނެޔޭ
އޭގެ ފަހުގައި މުޝްރިކުން ކުރިމަތި އެކުޅަ ހަނގުރާމަތައް
ނޭނގެނީސް ފަތަޙައިގެ މަތިވެރިކަން ވަޒަން ނުވެވޭނެޔޭ
ބަދުރު އަދި އުޙުދާއި ޚަންދަޤު ފަދަ ނުރައްކާ ޙަރުބުތައް
އަދުގެ ޖީލަށް ސާފުކޮށް އަންގައިދިނުން ލާޒިމުވެޔޭ
ހިޖުރައިން ވިހިވަނަ އަހަރު ރަމަޟާން މަހުގެ ވިހިވަނަދުވަސް
އިޖުތިމާޢީ ދަރަޖަ އެއްގައި ހަނދުމަ ކުރެވެން ވާނެޔޭ