...

Support Us

މައްކާ ފަތަޙައިގެ ހަނދާން

ފަތުޙު މައްކާގެ މަތިވެރިވީ ހަނދާނޭ އާވެގެން މިދަނީ
ކަތުންގެ ހިތަށް އުފާވެރިކަން ލިބޭ ޒިކުރާ އިޢާދަވަނީ

ބަކުރު ވަންހައިގެ މީހުންނާ ޚުޒާޢަތު ވަންހަ ކޯޅުމަކުން
އަކުރުތައް ޞުލްޙަ ނާމާގައި ޤަރާރުވި ގޮތް ޚިލާފުވަނީ

ހުރަހަކަށް ޞުލްޙަ ނާމާވީ ސަބަބު ބާޠިލްވެ ނެތި ދިއުމުން
ކުރައްވަން އެންމެ އިސްކަމަކަށް ފަތުޙު މައްކާ ޚިޔާރުވަނީ

ހުރަސް އެޅުމަށް އަބޫ ސުފްޔާން ކުރައްވަން އައު ޢަހުދުނާމާ
ބުރައިގައި ކުޅަ ދަތުރު ފުޅުގައި، މަލާމާތެއްމެ ރައްދުވަނީ

ތަބާ ވީޔޭ ކިޔޭ ތުހުމަތު އިބުނު ޙަރުބަށް ވެވުނު ރައްދުން
ތަބާވީ ނޫންކަމުގެ ހެކިތައް ޙަރަމުގައި ފަހެ، ބަޔާން ކުރަނީ

ޖަމާވާން ރޯދަމަސް އައުމުގެ ކުރިން އެންގެވި މަދީނާޔަށް
އަމާންކަމުގައި ޤަބީލާތައް ޖަމާވި ހަނދާން މި އާވެވެނީ

މަހުގެ މެދުފޮއި ތެރޭގައި މާތް ރަސޫލާ ފެއްޓެވީ އެ ދަތުރު
ރަޙުމުވެރި ހިތްޕުޅުގެ ރަޙުމާ އެކީ ލަސްކަރު ދަތުރު ކުރަނީ

ޢަދަދު ދިހަހާސްވި ލަސްކަރު މައްރު އައްޡަހުރާނު ގައި ވީރޭ
ޢަދަދު ދިހަހާސް ގަނޑުގެ އަލިފާން ހުޅުން ވަޒަނޭ ކުރެއްވެވަނީ

މަހުގެ ވިހިވަނަ ދުވަހު ޚާލިދު ކުދާގެ މަގުން ނުހަނު ބާރުން
ފަޚުރުވެރިކަން ނުވާ ސާހިބު އަމާން ކަމުގައި އެ ވައްދަވަނީ

އަރާމުގެ ހިނދު ކޮޅެއްފަހުގައި ފަތުޙު ސޫރަތް ވިދާޅުވަމުން
އަރައި އިންނެވި ޖަމަލުކޮޅުގައި ޠަވާފެއް އިސް ކުރައްވަވަނީ

މިސާލުން އެންމެ ހެޔޮ އުސްވަތު އެތާގައި ދައްކަވައި ދެއްވައި
އިޝާރާތްޕުޅު ކުރެއްވުމަކުން ބުދަށް ނިމުމެއް އެގެންނަވަނީ

ޒަމާން ދެމި އޮތް ހިނދަކު ތާރީފު ކުރެވޭ މާތްވި ބަސްފުޅަކުން
އަމާންކަން ޢާންމުކޮށް ދެއްވެވި މަޢާފު ހަނދާން ވެގެން މިދަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *