...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރޫހުގެ ދީލަތިކަން

އަހަރެންގެ އަންހެން ދަރިފުޅު، ބަތްކާ ތަށްޓަކަށް ބަތްކޮޅަކާއި ރިހަކޮޅަކާއި އަދި ސަޓަނިކޮޅެއް އަޅައިގެން ހިނގައިގަންތަން އަހަރެން ދުށީމެވެ. ދެން، ދަރިފުޅަށް އަހަރެން ބުނީމެވެ. "ދަރިފުޅާއެވެ! ތީ ކޮން ކަމެއް ހެއްޔެވެ؟"

ޖަވާބުގައި ދަރިފުޅު ބުންޏެވެ. "މިއީ އިމާރާތުގެ ފާރަވެރިޔާއަށް ގެންދާ އެއްޗެކެވެ. މިހެން ކަންތައް ކުރުމަށް މާމަ ބުނެފައި އޮވެއެވެ."

ދެން އަހަރެން ބުނީމެވެ. "ދަރިފުޅާއެވެ! ކޮންމެ ކާއެއްޗެއް ވަކި ތަށްޓަކަށް އަޅައި، ހުރިހާ އެއްޗެއް ތަބަކަކަށް ލައިގެން ގެންދާށެވެ!" ދަރިފުޅު އެ ގޮތަަށް ކަންތައް ކުރިއެވެ. އަދި، އެނބުރި އައިސް އަހަރެން ކުރެއް އެއްސެވެ. "އެ ގޮތަށް ކާ އެއްޗެހި ވަކިވަކި ތަށްޓަށް އަޅައި ތަރުތީބުކޮށްގެން ގެންދަން ބައްޕަ ބުނުއްވީ ކީއްވެތޯއެވެ؟"

އަހަރެން ބުނީމެވެ. "ކާ އެތިކޮޅެއް ދިއްކޮށްލެވުމުން އެ އަދާކުރެވުނީ މުދަލުގެ ޒަކާތުން ދެވޭ ދިނުމެކެވެ. އޭގެ އިތުރުން ތަރުތީބުކޮށްލާފައި އެ ސަދަގާތް ދިނުމުން މުދަލުގެ ޒަކާތުން ސަދަގާތްކުރެވުމުގެ އިތުރުން ލޯބީގެ އުންސުރު އެއަށް އިތުރުވެ، ލޯބީގެ ސަދަގާތެއް ވެސް ކުރެވޭނެއެވެ. މީގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ މުދަލުގެ ޒަކާތުން ކާ އެއްޗެއް ފޯރުކޮށްލުމުން އެއިން އެ ލިބޭ މީހާގެ ބަނޑު ފުރެއެވެ. ލޯބީގެ އުންސުރު އެއަށް އިތުރުކޮށްލުމުން އޭނާގެ ހިތް ވެސް ފުރެއެވެ. މުދަލުގެ ޒަކާތުން ސަދަގާތްކުރުމުން އެ ލިބޭ މީހާއަށް އިހުސާސުކުރެވޭނީ އޭނާއަށް އެ ލިބެނީ ބާކީވެފައި ހުރި އެއްޗެއް ކަމެވެ. އަދި އޭނާއަކީ ސަލާންޖަހާ މީހެއް ކަމެވެ. ލޯބީގެ އުންސުރު އެއަށް އިތުރުކޮށްލުމުން، އޭނާއަށް އިހުސާސުވަނީ އޭނާއަކީ ގާތް ރަހުމަތްތެރިއެއް ކަމާއި މާތް މެހެމާނެއް ކަމެވެ. ފުރަތަމަ ގޮތުގައި ދެވޭ ދިނުމަކީ މުދަލުން އެކަނި ދެވޭ ދިނުމެކެވެ. ދެވަނަ ގޮތުގައި ދެވޭ ދިނުމަކީ ތިމާގެ ރޫހުގެ ކިބައިން ދެވޭ ދިނުމެކެވެ. ދެވަނަ ގޮތަށް ދެވޭ ދިނުމުގެ ހެޔޮކަން މާތްﷲގެ ހަޟުރަތުގައްޔާއި އަދި ފަގީރު މީހާގެ ނަޒަރުގައި ވެސް މާ މަތިވެރިވެގެން ވެއެވެ. އެހެންވެ، ދަރިފުޅުގެ ދީލަތިކަމާއި އިހުސާންތެރިކަން ޕާރުސަލުކުރެވިފައިވަނީ ދީލަތިކަމުގެ އިތުރުން ލޯބީގެ ރީތި ކަރުދާހަކުންކަން ވެސް ހަނދާންކުރައްޗެވެ."

(ދިވެހިކޮށްލުމެއް)

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.