Support Us

އިސްރާއީލުގެ ބާރުތަކުން ދިން ޙަމަލާއެއްގައި ފަލަސްޠިނުގެ ޒުވާނަކު ޝަހީދުވެއްޖެ

ފަލަސްޠީނުގެ އުރްދުން ވާދީގެ އަރީޙާގެ ޢަޤަބާ ޖަބްރު ފޭލިގެ އަވަށަށް އިސްރާއީލުގެ ބާރުތަކުން އަރައިގަނެ ދިން ޙަމަލާގައި ފަލަސްޠިނުގެ ޒުވާނަކު މިއަދު ޝަހީދުވެއްޖެއެވެ. އިސްރާއީލު ސިފައިންގެ ޙަޤީޤީ ވަޒަންތަކުގެ ސަބަބުން އިތުރު ދެ ޒުވާނަކު ޒަޚަމުވިއެވެ.

އަނެއްކޮޅުން ޔަހޫދީ ވަޒަންވެރީން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ވަޒީރު ބިން ޣަފީރުގެ އިސްވާރުކަމުގައި ބޮޑު ހިނގައިލުމެއް މިއަދު ބާއްވައިފިއެވެ. މި ހިނގައިލުމުގައި އިސްރާއީލުގެ ކެބިނެޓް ހަތް ވަޒީރުންނާއި ބަރްލަމާނުގެ 20 މެންބަރުން ބައިވެރިވަޑައިގަތެވެ. މި ހިނގައިލުން ފަށައިވަނީ ޒަޢުތަރު ހުރަސް މަގު ކައިރިންނެވެ. މި ހިނގައިލުމުގެ އަމާޒަކީ އަވީތާރު ނަމަކަށް ކިޔާ ޔަހޫދީ އާބާދީއެވެ. ފަލަސްޠީނު ނޫސް އޭޖެންސީ ބުނާގޮތުގައި އެމީހުން ބޭނުންވަނީ އެ ތާނގައި މަހްރަޖާނެއް ބާއްވައި އެ ތާނގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ  މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ގޮވައިލުމެވެ. މި  އާބާދީ ހަދައިފައިވަނީ ނާބްލުސްގެ ޞުބައިޙު ފަރުބަދަ މަތީގައެވެ. މި ކަމާހެދި ފަލަސްޠީނު މީހުންނާ ޔަހޫދީ ވަޒަންވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. މިހާތަނަށް ދިޔައިރު  216 ފަލަސްޠީނު މީހުން ވަނީ ޒަޚަމުވެފައެވެ. މި ހިނގައިލުން ބާއްވަމުން ދަނީ އިސްރާއީލުގެ ޢަސްކަރިއްޔާގެ ފުރިހަމަ ޙިމާޔަތް  ލިބިގެންނެވެ. ވަފާ ނޫސް އޭޖެންސީ ބުނާގޮތުގައި ޔަހޫދީންގެ ބަޔަކު މި ތާނގައި ދާއިމީ ސިފައެއްގައި ތިބުމަށް ވަނީ ރާވައިފައެވެ.  

 އަނެއްކޮޅުން އަޤްޞާ މިސްކިތަށް ބަލާއިރު ޔަހޫދީންގެ އެތައް ބަޔަކު މި މިސްކިތަށް އަރައި އެތާނގެ ޙުރްމަތް ކަނޑައި އެމީހުންގެ ތަލްމޫދީ އަޅުކަންތައް ސިލްސިލާ ދޮރުކޮޅު ކައިރީގައި ބާއްވައިފިއެވެ. މިއަދު އިސްރާއީލުން ވަނީ 50 އަހަރަށްވުރެ  ހަނގު ފިރިހެނުން އަޤްޞާ މިސްކިތަށް ދިޔުން މަނާކޮށްފައެވެ. 

ޤުދްސުގެ އިސްލާމީ އައުޤާފާ ބެހޭ އިދާރާއިން ބުނާގޮތުގައި ބައިބަޔަށް ޔަހޫދީންގެ 482 މީހަކު މި މިސްކިތަށް ވަނެވެ. އެމީހުން މި މިސްކިތް ތެރޭގައި ޖެއްސުންކުރުމުގެ ހިނގައިލުންތައް ބޭއްވިއެވެ. މިސްކިތަށް އައި ފަލަސްޠީނު މީހުންނަށް އުނދަގޫކޮށް ދުއްތުރާކުރިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *