Support Us

ތައިވާނުގެ މަސްއަލަ ހޫނުކުރުމުގައި ޔޫރަޕްގެ އެއްވެސް މަޞްލަޙަތެއް ނެތް: މެކަރޯން

ތައިވާނުގެ މަސްއަލައިގައި މަސްރަޙު ހޫނުކުރުމުގައި ޔޫރަޕްގެ އެއްވެސް މަޞްލަޙަތެއް ނެތް ކަމަށް ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ވިދާޅުވެއްޖެއެވެ.

އޭނާ މި ބަޔާން ދެއްވީ ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާ ލައްވައިފައިވާ ޤައުމަށް އެނބުރި ވަޑައިގަންނަވަމުން މަތިންދާބޯޓުގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުންނެވެ. މެކަރޯން ވިދާޅުވި ގޮތުގައި އެމެރިކާ–ޗައިނާ މަސްއަލަތަކުގައި ޔޫރަޕުން މިނިވަން އިސްތިރާތީޖީ ގެންގުޅެން އެބަޖެހެއެވެ.

އެމެރިކާގެ ހައުސްގެ ރައީސް މެކާރތީ މި ދިޔަ ބުދަދުވަހު އެމެރިކާގައި ތައިވާނުގެ ރައީސާ ޓްސައި އިންގް ވެން އާ ބައްދަލުކުރެއްވުމާ ވިދިގެން ތައިވާން ޗައިނާ މަސްރަޙު އަނެއްކާ ވެސް ވަނީ އިތުރަށް ހޫނުވެފައެވެ. ޗައިނާ ބުނާގޮތުގައި ތައިވާނަކީ  އެ ޤައުމުން ވަކިވެގަންފައިވާ ތަންކޮޅެކެވެ. 

ޗައިނާއަށް އޭނާ ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ޕޮލިޓިކޯއާއި ލިޒްކޯ އާ ވާހަކަފުޅު ދައްކަވަމުން މެކަރޯން ވިދާޅުވިއެވެ. "މި އަރާރުމާ ބެހޭ ގޮތުން ސިޔާސަތެއް ކަނޑައެޅުމުގައި ޔޫރަޕް އަވަސްއަރުވައިގަނެގެން ނުވާނެއެވެ. ޗައިނާއާ އެމެރިކާއާ ދެމެދުގައި އައު ތަނޑިއެއް އެކުލަވައިލާން އެބަޖެހެއެވެ." 

ޕޮލިޓޯއިން މެކަރޯނާ ޙަވާލާދީ ބުންޏެވެ. "އެންމެ ނުރަނގަޅު ކަމަކީ އަހުރެމެން ޔޫރަޕް މީހުން މިފަދަ އަރާރުންތަކުގައި ތަބާވާ ބަޔަކަށް ވުމެވެ. އަހުރެމެން އެމެރިކާއާ ރާގު ހަމަކޮށްގެން ނުވާނެއެވެ. އަދި ޗައިނާއިން އަޅައި ފިޔަވަޅަކަށް ވެސް ރައްދު ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ."

އޭނާ މި ދެ ނޫހަށް ވިދާޅުވިގޮތުގައި "ދިފާޢީ ކަންތައްތަކަށް މިހާރަށް ވުރެ ބޮޑަށް ހޭދަކުރަން އެބަ ޖެހެއެވެ. ނިޔުކްލިއަރ ހަކަތަ ތަރައްޤީ ކުރަން ޖެހެއެވެ. އަދި އައުވަމުންދާ ހަކަތަ ވެސް ތަރައްޤީ ކުރަން ވަނީ ޖެހިފައެވެ. ޑޮލަރަށް ބަރޯސާވުން ކުޑަކުރަން ޖެހެއެވެ." 

ފަރަންސޭސި ރައީސް މެކަރޯން ޗައިނާއަށް ވަޑައިގަތީ 50 މަސްއޫލުވެރީންގެ ވަފްދަކާއެކުގައެވެ. އޭގެތެރޭގައި އެއަރބަސް ކުންފންޏައި ނިޔުކްލިއަރ ހަކަތަޔާ ބެހޭ އީ ޑީ އެފް ކުންފުނީގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވައެވެ. މި ދެ ކުންފުނި ވަނީ ޗައިނާގައި އެތައް ޑީލްތަކެއްގައި ސޮއިކޮށްފައެވެ. 

ޔޫރަޕް ހޭލުމަށް ގޮވައިލެއްވުން

މި ބަސްދީގަތުމުގައި ރައީސް މެކަރޯން ޔޫރަޕަށް "ނިދިން ތެދުވުމަށް" ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން އެހެން ފަރާތްތަކުގެ އެޖެންޑާތަކާ އެއްގޮތަށް ފަހިވުމަށް އިސްކަންދީގެން ނުވާނެއެވެ." ޗައިނާ އެމެރިކާ މަސްއަލަތަކުގެ ތެރެއަށް ދަމައިފައި ގެންދެވޭ ބަޔަކަށް ޔޫރަޕް ނުވުމަށް އޭނާ ވަރަށް ބާރުލައްވައިފައި ގޮވައިލެއްވިއެވެ.

ތައިވާނުގެ ވަށައިގެން ޗައިނާއިން ޢަސްކަރީ ތަމްރީނުތައް ފަށައިފި

ޗައިނާއިން ވަނީ ތައިވާން ކައިރީގައި ޢަސްކަރީ ތަމްރީނުތަކެއް އިއްޔެ ފަށައިފައެވެ. މި ތަމްރީނުތައް މިއަދު ކުރިއަށް ގެންދާނެ ކަމަށް ޗައިނާއިން ބުނެއެވެ. 

ތައިވާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ތައިވާނުގެ ވަށައިގެން ހަނގުރާމަމަތީ 58 ބޯޓު ފެނިފައި ވެއެވެ. މި ތަމްރީނުތަކުގައި ޗައިނާގެ ނުވަ މަނަވަރެއް ބައިވެރިވެއެވެ. ރޮއެޓަރޒް ބުނާގޮތުގައި  ތައިވާނުގެ 10 މަނަވަރު ވެސް އެ ހިސާބުގައި އެބަ ޙަރަކާތްތެރި ވެއެވެ. ރޮއެޓަރޒް ބުނާގޮތުގައި ތައިވާނަށް ޙަމަލާދިނުމަށް ދޭން ޖެހޭ ޙަމަލާއާ އެއްފަދަ ޙަމަލާއެއް ޗައިނާއިން ވަނީ ދީފައެވެ. 

އެމެރިކާ ބުނާގޮތުގައި ވޮޝިންގްޓަނުން ދަނީ ޗައިނާގެ ޙަރަކާތްތައް ވަރަށް ކައިރިން ބަލަމުންނެވެ. ސަރަޙައްދީ ފެންވަރުގައި ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ ޤާބިލުކަން ލިބިގެންވާ ކަމާމެދު ޝައްކު ނުކުރާކަމަށް ވޮޝިންގްޓަނުން ބުންޏެވެ. އެމެރިކާއާއި ތައިވާން 1979ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބުނާގޮތުގައި ތައިވާނަށް ބޭނުންވާ ދިފާޢީ ވަސީލަތްތައް އެމެރިކާއިން ފޯރުކޮށްދޭން ޖެހޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *