ފަހުދިގައިގެ ރަބީޢު އައުމުގެ ވަޤުތު ހުރެ ކުޑަތަންވަނީ
ރަޙުމަތާ މަޣްފިރަތު ލިބިގެން ނަރަކައިން ދިނުމޭވަނީ
ރޯދަމަހުގެ ފަރުޟު އަދާކޮށް އަޅުކަމަށް ހުސްކުރެވި ރޭ
ހޯދަމުން އައި ހަމަޖެހުން ހިތް، އަލްވަދާޢުން ވަކިވަނީ
ޢާއްމު އުޅުމުގެ އާދަތައް ދޫކޮށް އިމުން ދީނުގެ ހިނގައި
ހެޔޮކަމެއް ނޫނީ ނުކޮށްހުރި ހިނދުކޮޅެއް ފާއިތުވަނީ
ލައިލަތުން ޤަދްރީގެ މަތިވެރި ރޭ އެ ދިހައިން ހޯދުމަށް
ލައިލުތައް އޮނަހިރި ވަކީން ދޫކޮށް ނުލުން ލާޒިމުވަނީ
ރުއްސެވުން ރައްބީގެ މަތިވެރި އެދި ކުރާ ޢަމަލަށްޓަކާ
ފުއްސެވުން ހުރިކަން ރިވާޔަތްތައް ބަޔާން ކޮށްފައިވަނީ