Support Us

ނަޝީދޫ! ރޮލެކްސް ވަގާއި ވެންޓިލޭޓަރު ވަގު މިހާރު ކޮބާ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ "ފިކުރު" ފެކްޝަނުން ހަފުތާބަންދުގައި ސަން އައިލެންޑަށް ކުރި ދަތުރުގައި ނަގައިފައިވާ މި ފޮޓޯ މީސްމީޑިއާގައި ވަރަށް ފޯރީގައި އެބަހިނގައެވެ.

މި ފޮޓޯގައި ނަޝީދާއެކު އެ ތިއްބެވީ ކުރީގެ މަޖިލިސް މެމްބަރު އަދި ރައީސް ޔާމީނުގެ ކުރީގެ ވަފާދާރު އަހުމަދު ނިހާނާއި ވެންޓިލޭޓަރު މައްސަލައިގައި އިސްތިއުފާދެއްވަން މަޖުބޫރުވި ރައީސް ސޯލިހުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ދެން އެ އިންނެވީ "ފިކުރު"ގެ ޕީ.ޖީ ލީޑަރު އަލީ އާޒިމެވެ. ކޮންމެވެސް މުހިންމު ނުކުތާއެއް އެ ބޭފުޅުންނަށް ސާފުކޮށް ދެއްވަން ނަޝީދު މަސައްކަތްކުރައްވާއިރު، އެ މަނިކުފާނުގެ ކައިރީގައި ސިގިރޭޓު ފޮއްޓާއި ލައިޓަރު ވެސް އެބައޮތެވެ. އަޅިކެނޑި ވެސް ދަނީ ފުރެމުންނެވެ.


މި ފޮޓޯ ކަމުނުގޮސްގެން ބަޔަކު އުޅެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޓްވިޓަރގައި އެކަކު އޭގެ ތަފްސީލް ލިޔެފައި ވެއެވެ.

"ރައީސް ނަޝީދުގެ ހާލާމެދު ހަމްދަރުދީވަމެވެ. އިހަކަށްދުވަހު އެމްއެމްޕީއާރުސީ ވަގޭ، ރޮލެކްސްވަގޭ ކިޔާ ނިހާނުއަށް ފުރައްސާރަކުރުމަށްފަހު މިއަދު އެ ވެއްޓެންޖެހުނީ ނިހާނު ފައިބުޑަށެވެ. ދާދި މިދާކަށް ދުވަހު މިނިސްޓަރ ކަމުގައި އަމީން ހުންނެވިއިރު ވެންޓިލޭޓަރު ވަގަށް އަދި މުލަވަގަށް ގޮވައި، މަޖިލިސްއަށް ހާޒިރުކޮށް ނަޝީދުއަށް ތާއީދުކުރާ މެންބަރުން ލައްވާ ފުރައްސާރަކުރުމަށްފަހު މިއަދު އެ އިންނެވީ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލުކުރުމުގެ ބޭނުމުގައި އަމީން ފައިބުޑަށް ވެއްޓިއެވެ. މިއީ ރައްޔިތުންނަށްޓަކައި އުޅޭ މީހުން ހަމަ އުޅޭގޮތް ހެއްޔެވެ؟ ނުވަތަ އަމިއްލަ ޖީބު ފުރަން އުޅޭ ގޮތް ހެއްޔެވެ؟ މީހަކު ނިކަމެތި ވާނީ މިވަރަކަށެވެ. ގެންދަވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފައެވެ." ނަހުޔާން ކިޔާ މީހަކު ލިޔެފައިވެއެވެ.

މި ކަމާ ގުޅިގެން ދެން ހުރި ވާހަކަތަކުގެ ސްކްރީން ޝޮޓުތައް ތިރީގައި މި ވަނީއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *