Lރަޝިޔާއިން 2014 ގައި ހިފައިފައިވާ ކްރެމިޔާ ސަރަޙައްދު ޔުކްރޭނަށް އަނބުރާ ލިބިގެން މެނުވީ ސުލްޙ ޤާއިމުނުކުރެވޭނެ ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވެއްޖެއެވެ. ޒިލެންސްކީ ދެއްވި ޚިޠާބެއް ގައި ވިދާޅުވިއެވެ. "ކްރެމިޔާ ސަރަޙައްދު ޔުކްރޭނަށް ލިބުމަކީ އަހުރެމެންގެ އެކަނި ޝަރްޠެއް ނޫނެވެ. އެއީ މުޅި ދުނިޔެ ވެސް ޞުލްޙައަށް ޓަކައި ޝަރްޠުކުރާ ކަމެކެވެ.ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި އދ ގެ ޗާޓަރު ވެސް ޝަރްޠު ކުރާ ކަމެކެވެ."
ރޮއެޓަރޒް ބުނާގޮތުގައި ކްރެމިޔާ ސަރަޙައްދު ހިފުމަށް ޓަކައި މި ދިޔަ ހަފުތާގައި ކިޔީވުން ވަނީ ހަނގުރާމަވެރި އަށް ފައުޖު ތައްޔާރުކޮށް ތަމްރީނު ދީފައެވެ. މި ފައުޖުތަކުގައި ޖުމްލަ 40 ހާސް ސިފައިން ހިމެނެއެވެ.
ވައިބްރޯޒާ ނޫހަށް ޔުކްރޭންގެ ދިފާޢީ ވަޒީރު އެލެކްސީ ރިޒިންކޯވް ދެއްވި ބަޔާނެއް ބުނާގޮތުގައި މޫސުން ރަނގަޅުވެ ބިންގަނޑު ހިކުމުން މި ޙަމަލާ ދޭން ފެށޭނެއެވެ. ޢަސްކަރީ ތަޖްރިބާކާރުންނާއި ސިޔާސީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ޔުކްރޭނުގެ މި ޙަމަލާ ދެވޭނީ ޒަބަރޯޖިޔާ ނާރެހުގެ ތެރެއިންލައިފައެވެ. އާޒޯފް ކަނޑުން ލައިފާ ގޮސް ރަޝިޔާއާ ކްރިމިޔާ ގުޅުވައިދޭ އެއްގަމު މަގު ވަކިކޮށްލައިގެންނެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ރައީސް ޒިލެންސްކީއަށް އިންޒާރުދީ ބުނިގޮތުގައި ކްރިމިޔާއަކީ ރަޝިޔާގެ އިއްތިޙާދުގެ ބައެކެވެ. މި ބައި ޔުކްރޭނުގެ ބަޔެކޭ ކިޔާ ވާހަކަދެއްކުމަކީ ޙަޤީޤަތާ ޚިލާފު ކަމެކެވެ. ޔުކްރޭނުގެ ސިފައިން ދޭ ކޮންމެ ޙަމަލާއަކަށް ރަޝިޔާ ސިފައިން ވަގުތުން ރައްދު ޙަމަލާތައް ދޭނެއެވެ.



advertisment