Support Us

ބަދުރު ހަނގުރާމަ

ބަދުރުގައި ދެއްވި ނަޞްރުން ޢިބްރަތާ ދަރުސާ ލިބެން ވާނޭ
ބަދުރު ހަނގުރާމަ ޚާއްޞަވެވޭ ސަބަބުތައް ދަސްކުރަން ވާނޭ

އައުސްވަންހައިގެ ސާހިބު ސަޢުދު އަދި މިޤްދާދު ބުުނު އަސްވަދު
ވަޢުދުފުޅުގައިވި ޢަޒުމުފުޅުން ގައިން ހީބިހި ނަގަން ވާނޭ

އުފާފުޅު ވީވަރުން ކީރިތި ނަބިއްޔާ މޫނުފުޅު އަލިވީ
އުފާފުޅުގައި އެ މުޅި ލަސްކަރު ކަރުނަ ފޮދު އޮހޮރިފައި ވާނޭ

ނުހަނު ނިކަމެތި ގޮތެއްގައިވީ ކަމަކު ބިޔަ ލަސްކަރެއް ބަލިކޮށް
އުހައުވެރި ކަމުގެ ދިދަ ދީނުގެ އުފުއްލެވި ގޮތް އެނގެން ވާނޭ

ޢަދަދު ހާހެއްގެ ބިޔަ ލަސްކަރު ބަދުރުގައި ހާވިޔާ ވުމުގައި
މަދަދު މަލަކުންގެ ފައުޖު ތަކުން ވެދެއްވި ހަނދާން ކުރަން ވާނޭ

ރަބީޢަތު، ޝައިބަތާ، ޢަތަބަތު، ޤަތުލުވީ ހިނދު އެ މައިދާނަށް
ޤަބީލާ ދިދަ ބިމަށް ވެއްޓުނު ގޮތަށް ނަޒަރެއް ކުރަން ވާނޭ

ޤަތުލުވީ ކާފަރުން ހަތްދިހަ، ޢަސީރުވި ޢަދަދު ވެސް ހަމަހަމަ
ޤަތުލުވީ ހިނދު އަބޫޖަހުލުގެ ބޮޑާކަން ވެސް އިތުރު ވާނޭ

އުމައްޔަތު ބުނު ޚަލަފު ފަދަ އިސް، ބޮޑުން އެވެރިންގެ ނެތި ދިޔުމުން
ދުމަށް އެއުރެންގެ ފޮނި ބަސްތައް އަރައި ދިޔަކަން އެނގެން ވާނޭ

ޝަހީދުވި ސާދަ ޝުހަދާއުން އުފާވެރިކަންމަތީ ވާކަން
ވަޙީގެ ވަސީލަތުން މަތިވެރި ބިޝާރަތު ދެއްވިގެން ވާނޭ

މިފަދަ މަތިވެރި ހަނދާން އާކޮށް، އެއިން ޢިބްރަތް ނިކަން ލިބިގެން
މިފަދަ މަތިވެރިވި ޢިއްޒަތްތެރި ޝަރަފް ދީނަށް އެދެން ވާނޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *