ކޮންކަމެއް ބާއޭ ހިތަށް އަރައޭ އަހަންނަށް ގެއްލުނީ
ކޮންމެ ދުވަހެއްގައި ނުކޮށް ހުރެ ވާޖިބާތުން ދޫވަނީ
މައްސަރުގެ ދިހައެއް އެދިޔައިރު އަލްވަދާޢުން ވަކިވެގެން
ގަސްތުނެތި ނަމަވެސް ޢިބާދާތުގެ ތެރޭން ދޫކުރެވުނީ
ގެއްލިގެން ދިއުމަށްފަހުން އަބުރާ ލިބުންނެތް ވަގުތުތައް
ގެއްލުމުގެ ދެރަޔާ ހިތާމަ ކުރަން ޖެހޭހެން އުނިވަނީ
ކަރުނަ އޮހެރޭ ޙާލުގައި ގިސްލާ ނުރޮއި ކުށަކާ މެދަށް
މަރު ހަނދާންކޮށްފައިމެ އިސްތިޣްފާރަކުން ނުކުރެވިވަނީ
ރަޙުމަތާ މަޣްފިރަތު ލިބިގެން މުއްތިވާން ހުރި ނަރަކައިން
އަހުރެނެއް ނުދިނޭނެ ޒާތުގެ ޢަމަލަކުން އިސްކުރެވުނީ
ގާތްތިމާގެ ކަމާ ގުޅުންތައް ދީން ބަޔާން ކޮށްދޭ ގޮތަށް
މާތްވި މައްސަރުގައި ނުކޮށް އިހުމާލު ވެވިފައި ހުރެވުނީ