ދަސްވެޔޭ ތަޤްވާގެ ސިފަތައް ރޯދައިން ދޭ ޢިބުރަތުން
މައްސަރުގެ މަތިވެރި ކަމާމެދު ފިކުރުކޮށް ވިސްނާލުމުން
ހިތްރުހޭ ކަންތައްތަކަށް ޢަމަލީ އިޖާބަ ނުދީ އުޅެން
ހިތްއެދޭ ޒާތީ އެދުންތައް ރަމަތަކޮށް ކެތްތެރިވުމުން
ގެއްލިގެން އިތުބާރު ނަފުސުގެ ކުރިމަތީގައި ދިޔަނުދީ
ހެއްލިގެން ނުދެވޭނެ ޢަޒުމެއް ކަނޑައަލައިގެން ވިސްނުމުން
ހިތުތެރޭގައި ދައުރުވާ ވަސްވާސްތަކާމެދު ފާރަލައި
ފިތުނަވެރިއިޙްސާސް ހިތަށްވަންނާނެ ދޮރުތައް ތަޅުލުމުން
ދެއްވި ތިންވަނަ ފޮރުވިފައިވާ ލޮލުގެ ކަޅި ހުރެ ކަޅިއަޅާ
ހެއްލިގެން މަގުފުރެދިގެންދާ ގޮތްތަކާ ދުރުހެލިވުމުން
އާޚިރަތް ދުހު ދިންނެވުން އެދި ހެޔޮ ޢަމަލު ކުރުމާއެކީ
އާހި ފަހަރު ދުވާލަކަށް ކުށް ފާފައިން ތައުބާ ވުމުން