Support Us

ވާހަކަ: ތިލޯބި- 2

އަހަރެން ބޭރަށް ނިކުމެ މަޑުކޮށްލައިގެން ހުރީ ޝައްމާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އަހަރެންގެ ގައިގާ ކޮށްޓާލި ތަނާ ސިއްސައިގެންގޮސް ފަހަތަށް އެނބުރެވުނު ހިނދު އިތުރަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ފަހަތުގައި ހުރީ ޝައްމާއި ސައިހާ ކުރެން މީހެއް ނޫނެވެ. އެއީ ފުރާވަރަށް އަރައިފައިވާ ރީީތި، ރާޅު އިސްތަށިގަނޑެއް ލިބިފައިވާ ޗާލު ފިރިހެނެކެވެ. އެ ޒުވާނާ އަހަރެންނާާ ހަމައަށް ހުއްޓިފައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ. ހުރެވުނު ތަން ވެސް ނޭނގުނެވެ. އަހަރެންނަށް އޮޅުން އެރިއެވެ. މިވަނީ ކީއްބާއޭ ވެސް ހިތަށް އެރިއެވެ. ބުދެއް ފަދައިން ހުއްޓުން އަރާފައި ހުރުމުން އެ ޒުވާނާ އަހަރެންްނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތެދުވެ އަހަރެނާ ތަންކޮޅެއް ކައިރިވެލައިފައި "ޑެއާއެއް އިނގޭ!" މިހެން ބުނެލަައިފާ ހިނގައްޖެއެވެ. އެ ޒުވާނާގެ ފަހަތުގައި އެހެން ބަޔަކު ތިބިކަން އަހަރެންނަށް ރޭކާލީދެނެވެ. އެ މީހުން ހަަމަ ދިޔަތަނާ ޝައްމާއި ސައިހާ އައިސްފިއެވެ. އަދި ސައިހާ ފާޑަކަށް ހެވިފައި ހުރެ "އެ ސޮރަށް ދިން ޖަވާބު ބެނެބަލަ ދޯ" މިހެން ބުނެލިއެވެ. ހަމަ ބުނުމާ އެކު ޝައްމާ އާއި ސައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއްވެސް އެއްޗެއް ނުބުނަން ކަމަށް ބުނެ އަހަރެން ހިނގައިގަތުމުން އެ ދެ މޮޔައިން ވެސް އަހަރެންގެ ފަހަތުން ޝޯ ކުޅޭ ތަނަށް ދާން ހިނގައިގަތެވެ.

ޝޯ ކުޅޭ ތަނަށް ދެވުނުއިރު ޝޯގެ ފުރަތަމަ ލަވަ ނިމިއްޖެއެވެ. ޝޯ ދެނީ އެހެން ރަށެއްގެ ބައެކެވެ. ޝޯ ދޭން އުޅޭ މީހުނަށް ރަނގަޅަށް ނަޒަރު ހިންގައިލި ހިނދު ދެ ލޯ ކާއްޓެކޭ އެއްވަރަށް ބޮޑުވެގެން ދިޔައީ ފެނުނު މީހެއްގެ ސަބަބުންނެވެ. އެއީ އެއްކަލަ ޒުވާނާއެވެ. ގޯތި ކައިރިން ދިމާވި ޒުވާނާއެވެ. އެ ޒުވާނާ ހުރީ އަހަރެނާ ދިމާލަށް ބަލާށެވެ. އެ ވަގުތު ކިޔަމުން އަންނަ ނަލަ ލަވައަށް ނަށަން ތިބި މީހުނާ ދިިމާލަށް އަވަސް ގޮތަކަށް ބަލައިލީމެވެ. ޝޯ ވަރަށް ވެސް ފޯރި ގަދައެވެ.

އެ ފޯރި ގަދަ ވަޤުތު ނިންމަން މިހާރު ކުރިއަށް އެ ގެންދަނީ ޝޯގެ އެންމެފަހު ލަވައެވެ. އަހަރެނާއި ޝައްމާ އާއި ސައިހާ ވެސް އެންމެފަހު ލަވަ ވީމަ ނަށާލަން އެރީމެވެ. "މި ޝޯ ދެން ދަނީ ދަނީ… މި ޝޯ ނިންމާލަނީ!" ޝޯގެ ފަހު ލަވަ ވެސް ވަރަށް ނަލަ އެވެ. ޝޯ ނިންމާލުމަށް އެއްކަަލަ ނުދަންނަ ޒުވާނާ ވާހަކަ ދައްކަމުން ދިޔައީ މައިކުންނެވެ.

ޝޯ ނިމުމުން ގެއަށް ދާން ހިނގައިގެން ހިނދު ސިއްސައިގެން ދިޔައީ "ޝައީ" އޭ ކިޔާ ގޮވަން ފެށުމުނެވެ. އަހަރެމެން ފަހަތަށް ބަލައިލި ހިނދު ފެނުނީ އެއްކަލަ ޒުވާނާ އަހަރެމެންނާ އަރާ ހަމަކުރަނިކޮށެވެ. އަދި އަހަރެންނަށް އެކަހެރިކޮށް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނުުމުން ޝައްމާ އާއި ސައިހާ ދުރަށް ޖެހިލީ ކަރު ކެހިލުމަށްފަހު ހިނިތުންވުމެއް ރައްދު ކޮށްލާފައެވެ. އެ ހިނިތުންވުުމުގެ މާނަ އަހަރެންނަށް އެނގެއެވެ.

އެ ޒުވާނާ އެހެން ބުނެލުމުން އަހަރެން އެ ޒުވާނާއަށް ވާހަކަ ދައްކަން ފުރުސަތެއް ދިނީމެވެ. އެ ޒުވާނާ "އަނީމް"ގެ ނަމުން އަހަރެންނަށް ތަޢާާރަފު ވެލުމުން އަހަރެންނަށް ކިޔަނީ "ޝައިނާ" އޭ ބުނެ ޖަވާބުދާރީވެލީމެވެ. އެ ޒުވާނާ އެކުވެރި ކަމަށް އެދުނެވެ. އަހަރެން ވިސްނާލުނަށްފަހު އާނ ބަސް ދިނީމެވެ. އަނީމް ހިނިތުން ވެލުމަށްފަހު އަހަރެންނަށް ގުޅޭނެ ނަންބަރަކަށް އެދުމުން ނަންބަރު ދިނީމެވެ. އަދި އަހަރެންގެ އެކުވެރިންނަށް މިހާރު ލަސް ވާނޭ ބުނެ ހިނިތުންވެލަމުން ޝައްމާމެން ކައިރިއަށް ދާން ހިނގައިގަތީމެވެ.

"ތި ފޮޅުވާލި މަލުގެ އިބާރާތްތައް އަހަރެމެންނަށް ހިއްސާކޮށްލިޔަސް ރަނގަޅު ވާނެހެން ހީވަނީ… ހެހެ.." ޝައްމާ އެހެން ބުނެލުމުން ސައިހާ އާނއެކޭ ބުނެ ހޭންފެށިއެވެ. އަހަރެން އެ ދެ މީހުންނަށް ސާބަސްދީ އަހަރެނާއި އަނީމާ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާ ހުރުމުން ދެ މީހުން ހޯ ލައްވަން ފެށިއެވެ. އަހަރެންނަށް ވެސް މަޖާވިއެވެ. ސަކަރާތުގައި ގެއަށް ގޮސް ވަނީ ދެ އެކުވެރިންނަށް ރޭގަނޑުގެ ފޮނި ޖުމުލަ ކޮޅެއް ދީފައެވެ. އޭރު ގަޑިން 12 ޖަހަން އުޅެއެވެ. އަވަސް ކޮށްލައިގެން އޮއްތީ ނިދާށެވެ.

"ފޮނިގަނޑާ ތެދުވޭ" މައީ އަހަރެންނަށް ފަތިހު ގޮވާލިއެވެ. ތެދުވެގެން އަހަރެން ދިޔަ ގޮތަށް ދިޔައީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ފާޚާނާކޮށް ދަތް އުނގުޅައި ވުޟޫ ކޮށްގެން ނުކުމެ ނަމާދުކޮށްލީމެވެ. ނަމާދުކޮށް ނިމުމުން އަވަސްވެގަތީ މަންމައާ އެކު ބަދިގެއަށް ދިއުމަށެވެ. ބަދިގެއަށް ވަދެ ރޮށި ކޮޅެއް ފިހެލައި ބަޓާނާގައި މަސްހުނިކޮޅެއް ތައްޔާރު ކޮށްލުމަށްފަހު ބަދިގެއިން ނުކުމެ އިލޮށިފަތި ނަގައިގެން ކުނިކަހަން ބޭރަށް ނުކުމެލި ވަގުތު އަނީމް ގެއާ ހަމަވަނީއެވެ. އަހަރެން ފެނުމުން ގޮވާލުމަށްފަހު ޙާލު އަހާލިއެވެ. އަހަރެންގެ ޙާލު ރަނގަޅޭ ބުނެ އަނީމްމެން ރަށަށް ދަނީ ކޮންއިރަކުންތޯ އަހާލުމުން މިއަދު ހަވީރު ފަހެއް ޖަހާއިރު ފުރާ ކަަމަށް އޭނާ ބުންޏެވެ. އަދި ފުރުވާން ދިއުމަށް ދަޢުވަތު ދިިނުމުން އަހަރެން އެ ދަޢުވަތު ޤަބޫލުކުރީ އަނީމަކީ މިހާރު އަހަރެންގެ އެކުވެރިއަކަށް ވާތީއެވެ. އަނީމް އޭނާ ހުންނަ ގެ ކަމަށް ބުނާ ގެއަށް ދިއުމަށް މިސްރާބު ޖެހުމުން އަހަރެން ކުނިކަހަން ފެށީމެވެ.

ސައިހާއަށް އެ ވާހަކަ ހިއްސާކޮށް ސައިހާއާ އެއްކޮށް ފުރުވަން ދާން ނިންމީ މިއަދު ޝައްމާ ކުޑަކޮށް ބަލި ކަަމަށް ބުނުމުންނެވެ. ބަނދަރަށް ދެވުނުއިރު ފަހެއް ޖަހަނީއެވެ. އަނީމް ފެނުމުން އަނީމް ގާތަށް ގޮސް ސަލާމް ކޮށްލީމެވެ. އިރާދަކުރެއްވިއްޔާ އަދި ދިމާވާނެ ކަމަށް ބުނެ އަނީމް ލާންޗަށް އަރަން ދިޔައެވެ.

ގަޑިން 6:12 ހިނގިއިރު އަހަރެން ހުރީ ގޭގައެވެ. އޭރު އިރުއޮއްސި ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދު ކޮށްލައިގެން ދިޔައީ ކާށެވެ. ކައިގެން އައިސް "އެސްފިޔަ" ވާހަކަ ސައިޓުން ވާހަކަ އެއް ކިޔަން އިށީނދެފައި އިރުކޮޅެއް ފަހުން ބަންގީގެ އަޑު އިވުމުން ނަމާދަށް ތައްޔާރު ވެލައިގެން ނަމާދަަށް އެރީމެވެ. ނަމާދު ކޮށްލައިގެން މައިކޮޓަރި އަށް ދިޔައިރު މައީ އިނީ ކޮރެއަން ޑްރާމާއެއް ބަލާށެވެ. ދެން އިނދެވުނީ ކޮއްކޮއާ އެކު އެ ޑްރާމާ ބަލާށެވެ. އެ ބަލާ ނިމުނުއިރު 10:30 ވެފައި ހުރުމުން އަވަހަށް ދިޔައީ ނިދަން އޮށޯންނަން ތައްޔާރުވުމަށް ފާޚާނާާއަށެވެ.

ފާޚާނާއިން ނިކުމެ އޮށޯތީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަނީމް މަތިން ހަނދާންވެ އަނީމާ ދޭތެރޭ ވިސްނަން އޮވެވުނެވެ. ދުވަހަކުވެސް މައިޝަނާ އެއްވެސް ފިރިހެނަކާ އަޅާނުކިޔާ އިރު އަނީމާ އަޅާ މިކިޔެނީ ކީއްވެގެން ބާއެވެ؟ އަަހަރެންނަށް ވިސްނެން ފެށުނެވެ. މައިޝަނާ ދޭތެރޭ ނުވިސްނޭ ވަރަށް ވިސްނެން ފެށުނެވެ. މިވެވެނީ ލޯބިބާއެވެ؟!

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *