މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 9.4 މިލިއަން މީހުން ޢުމްރާޢަށް ގޮސްފައިވާ ކަމަށް މި ޙަރަންފުޅާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. މި މަހުގެ ފަހު ފަނަރައިގައި މި ޢަދަދު ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި އިދާރާ ބުނާގޮތުގައި މި އިދާރާ އޮތީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދެ ޙަރަންފުޅު ބަލަހައްޓާ ރަސްމީ އިދާރާގެ ރިޔާސަތުން ބުނާގޮތުގައި މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޢުމްރާއަށް އައި މީހުންގެ ޢަދަދަކީ ނުވަ މިލިއަން 357 ހާސް 853 މީހުންނެވެ. އެމީހުންނަށް ޢުމްރާގެ މަނާސިކުތައް ލުއިފަސޭހަކަމާއެކު އަދާކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތަނަވަސްކޮށްދީފައިވާ ކަމަށް މި އިދާރާއިން ބުންޏެވެ.
މި އިދާރާއިން ހާމަކުރި ގޮތުގައި ޢުމްރާގެ މަނާސިކުތައް އަދާކުރުމަށް ޓަކައި މީހަކަށް ހޭދަކުރަން ޖެހިފައިވަނީ އެވްރެޖު ގޮތެއްގައި 104 މިނެޓެވެ. އެއީ ޠަވާފުކުރުމަށާއި ސަޢުޔު ކުރުމަށް (ޞަފާ މަރްވާގައި ހިނގުމަށް) ހޭދަކުރި ވަގުތެވެ.



advertisment