ތައްލު އަބީބުގެ ރަށްފުށުގެ ރަށެއް ކަމުގައިވާ ރިޝޫން ލިޗްވެންގައި ފަލަސްޠީނުގެ ޒުވާނަކު އިސްރާއީލުގެ ސިފައިންގެ ދެމީހަކަށް ޙަމަލާދީ އެ ދެ މީހުން ޒަޚަމުކޮށްލައިފިއެވެ. މީގެ ތެރެއިން އެކެއްގެ ޙާލު ވަރަށް ބޮޑެވެ.
އިސްރާއީލުގެ ބަދީޢޫތު އަހްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި ޙަމަލާދީފައި ވަނީ ސިފައިންގެ ދެމީހަކަށެވެ. އެކެއްގެ ޒަޚަމުތައް ވަރަށް ބޮޑެވެ. އަނެއް މީހާގެ ޒަޚަމު ކުޑައެވެ.
އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި މި ޙަމަލާދިން ފަލަސްޠިނު މީހުންގެ އެކަކު ގަޔަށް ބަޑިޖެހުނެވެ. އަނެކަކު ހައްޔަރު ކުރެވުނެވެ. މި ޚަބަރުގެ ތަފްޞީލުތައް ދަނީ ނިޔުޅަމުންނެވެ. އިސްރާއީލުން ބުނާގޮތުގައި އިސްރާއީލު ސިފައިން މިހާރު ދަނީ އެ ހިސާބު ބަލައި ފާސްކުރަމުންނެވެ. މަސްއަލައާ ގުޅުން ހުރި މީހުން ހޯދުމަށެވެ.



advertisment