Support Us

ނާކާމިޔާބީއަކީ ކާމިޔާބީއަށް ވާސިލުވާން އޮތް ރާސްތާ ކަމުގައި ދެކިގެން ކުރިއަށް ދާށެވެ.

ދިރިއުޅުމުގައި ދިމާވާނީ ތަފާތު އެކި ކަންކަމާއެވެ. ކުރަން ޖެހޭނީ އެކި ކަހަލަ ތަޖުރިބާއެވެ. ހިތް އެދޭ ކަންކަމާއި ހިތް ނޭދޭ ކަންކަން ވެސް ދިރިއުޅުމުގައި ކުރިމަތިވާނެއެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައް ބައްދަލު ކުރާނެއެވެ. ކަރުނަ އާއި ހިނިތުންވުން ތަޖުރިބާ ކުރެވޭނެއެވެ. ކާމިޔާބީ އާއި ނާކާމިޔާބީ ވެސް އެނގި ދަސްވެގެން ދާނެއެވެ.

ނާކާމިޔާބީ އަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ބުނެ އުޅޭ އަޑު އަހަމެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދު ވާހަކައެކެވެ. ދުނިޔޭގެ އެންމެ "ޓޮޕް ލެވެލް" ވިޔަފާރިވެރިންނަށް ބަލާލާއިރު، ގިނަ މީހުންނަކީ "އެއްބުރުން" ކާމިޔާބުވީ ބައެއް ނޫނެވެ. އެފަދަ މީހުންގެ ވާހަކަތަކަށް ބަލާލުމުން އެމީހުން ކުރިމަތިލީ ކަޅު ދުވަސްތައް ވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ހިތްވަރު އެލުވައިނުލާ އެމީހުން ކުރިއަށް ދިއުމުގެ ނަތީޖާ މިއަދު ފޮންޏެވެ.

ނާކާމިޔާބީގެ ހިތި ރަހަ އަކީ ހަގީގަތުގައި ވަރަށް ރަނގަޅު ރަހައެކެވެ. ސަބަބަކީ ނާކާމިޔާބީގެ ރަހަ އަރުތެރޭގައި ޖެހުމުން، ކާމިޔާބީ ހޯދަން މަސައްކަތް ކުރަންވީ ގޮތް ބޮޑަށް އެނގިގެންދެއެވެ. އަދި ގިނައިން ނާކާމިޔާބު ވާނަމަ އެކަމެއް ކުރަން އޮންނަ ރަނގަޅު ގޮތް ދަސްވެ ބިރު ކެނޑިގެން ދެއެވެ. މުބާރާތްތަކުގައި ބައިވެރިވާ ކުދިންނަށް މިކަން އޮންނަނީ މިހެންކަން އެނގޭނެއެވެ. ނާކާމިޔާބު ވީ ނަމަވެސް ގިނަ މުބާރާތްތަކުގައި ބައިވެރިވުމަކީ ތަޖުރިބާ ލިބި ކުރިއަަށް ދިއުމުގައި އިތުރު ހިތްވަރެއް ލިއްބައިދޭ ކަމެކެވެ.

ނާކާމިޔާބުވުމަކީ ހިތްވަރު އެލުވައިލައި "ގިވްއަޕް" ކުރަންވީ ސަބަބެއް ނޫނެވެ. ވެއްްޓިއްޖެ ނަމަ ތެދުވާށެވެ. ތެދުވެ އެއަށްވުރެ ބާރަށް ދުއްވައިގަންނާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *