ގާތްތިމާގެ ކަމާ ރަޙިމުގެ ގުޅުން ކެނޑުން ބޮޑު ފާފައެއް
މާތް މި މައްސަރުގައި އަލުން އެގުޅުން ގުޅުން ބޮޑު ދަރުމައެއް
އެދި އުޅޭ ކަންކަން ތިމާ ނަފްސަށް ލިބުން އެދެވޭ ގޮތަށް
އެދި ނުއުޅެއެއް އަނެކަކަށް ފުރިހަމަ ނުވޭ އީމާން ކަމެއް
އެފަދައިން ނުރުހޭ ކަމެއް ނަފުސަށް ތިމާ ނުރުހޭ ގޮތަށް
އެފަދަ ކަންނަން އަނެކަކަށް އެދުނަސް ނެތޭ އީމާން ކަމެއް
ޚުލުޤުވެރި ސިފަތައް ޙަދީސުން ވީކަމަކު ވާރިދުވެފައި
ޚުލުޤުވެރި ސިފަ ލިބިގަތުން އެދިގެން އުޅޭ ނެތް އަދު ކަތެއް
ޖީލަކަށްފަހު ޖީލަކަށް ހެޔޮ ސިފަތަކެއް ވާރުތަނުވޭ
ޖީލަކުން ދައްކައި ނުދީ އުފެދޭ ޅަޖީލަށް ހެޔޮ ގޮތެއް
ވިސްނަވާ މޫދަށް ވެހޭ ވާރޭ ވެޔޭ ވަގުތުން ލޮނަށް
މިސްލުގައި ވާގޮތް ޅަޖީލަށް ވާނެކަން ކަށަވަރު ކަމެއް
ޙައްލަކީ ހަމަ ކޮންމެ މީހަކު ނަފުސު ސީދާ ފަހެ ކުރުން
ޝައްކުވެސް އެކަމަށް ކުރާކަށް ނެތް ޔަޤީނުން ޖާގައެއް