Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައި އެވާ ތަސްވީރުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ފައުޖީއެއް އޭނާގެ ކޮނޑަށް ހިމާރެއް އަރުވައިގެން ދާ މަންޒަރެވެ! އެއީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި ވެސް ހިމާރު ދެކެ އޭނާ ލޯބިވާތީއެއް ނޫނެވެ. ނަމަވެސް، ފައުޖީންގެ މީހުން ހިނގާފައި އެ ދަނީ ކުދި ބޮން ވަޅުލެވިފައިވާ ބިމެއްގައެވެ. ހިމާރު ބޭނުން ގޮތަކަށް އުޅެން ދޫކޮށްލައިފި ނަމަ، ބޮމަކަށް އެރި، އެ ބޮން ގޮވައި، އެންމެންގެ ފުރާނައަށް ނޫނީ ހަށިގަނޑަށް ގެއްލުންވެދާނެތީއެވެ!

އާދެ، މި ތަސްވީރު ބުނެދޭހެން، ބައެއް ފަހަރު، ބައެއްގެ ތެރޭގައި އުޅޭ ހިމާރުން، އެ އެއްޗެހި ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިފައި ބައިތިއްބައިފި ނަމަ، މުޅި ޖަމާއަތަށް ބޮޑެތި ބޮޑެތިބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. އެހެންވެ، ތަނުގެ ހިމާރުންނަށް އެފަދައިން ކަންތައް ކުރުމުގެ ފުރުސަތުދީގެން ނުވާނެއެވެ.