Support Us

ފަރަންސޭސިވިލާތުގެ ރައީސް މެކަރޯން

މުޒާހަރާ ކުރިޔަސް ޕެންޝަނާ ބެހޭ ބިލް ކުރިއަށްދާނެ: މެކަރޯން

ޕެންޝަނާ ބެހޭގޮތުން އޭނާ ގެންނަވާން ބޭނުންފުޅުވާ އިޞްލާހުތައް ގެންނެވުމުގެ މަސައްކަތްތައް މުޒާހަރާތަކުގެ ސަބަބުން ހުއްޓަވާ ނުލައްވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ސިޔާސަތުގައި ހިމެނޭ އެއްވެސް ކަމަކީ މުޒާހަރާކޮށްގެން ހުއްޓުވޭނެ ކަމެއް ނޫނެވެ.

މެކަރޯން ވިދާޅުވިގޮތުގައި ހޫނު މޫސުމުގައި ކުރިމަތިވާ ފެނުގެ މަސްއަލަތައް ޙައްލު ކުރެއްވުމަށް ޓަކައި ފަންސާހަކަށް ނުކުތާ ހިމެނޭ ޚާއްޞަ މަޝްރޫޢެއް އޭނާ ދަނީ ހައްދަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފެން އިސްރާފުކުރުން ކުޑަކުރުމަށާއި ބޭނުންކުރާ ފެން އިޢާދަކޮށް އަލުން އިސްތިއުމާލު ކުރެވޭނެ ގޮތް ހެދުން ވެސް ވެއެވެ.

ރައީސް މެކަރޯނުގެ ޕެންޝަނާ ބެހޭ ބިލާ ދެކޮޅަށް ފަރަންސޭސިވިލާތުގައި މުޒާހަރާތައް ބޭއްވެމުންދާތާ ދެ މަހެއްހާ ދުވަސް ވެއްޖެއެވެ.

ރައީސް މެކަރޯން ރޭ އެލްޕް ސަރަޙައްދުގައި ހިމެނޭ ސަވޭން ލޫ ލާކް އަށް ވަޑައިގެންނެވުމުން ރުޅިގަދަ މުޒާހަރާއެއް ވަނީ ބާއްވައިފައެވެ. މި މުޒާހަރާގެ ބައިވެރީން ބޭނުންކުރި ބައެއް ފޮތިގަނޑުތަކުގައި ލިޔެފައި ވެއެވެ. "މެކަރޯން އިސްތިޢުފާ! މަނިކުފާނުގެ ޕެންޝަނުން ނަންގަވާ! އަޅުގަނޑުމެންގެ ޕެންޝަނުން ނުނަންގަވާ!"

މެކަރޯން ވިދާޅުވިއެވެ. "މުޒާހަރާކުރުމަކީ ޠަބީޢީ ކަމެކެވެ. އެހެނަސް އޭގެ މާނައަކީ އަހުރެމެންގެ މަސައްކަތް ހުއްޓައިލާކަށޭއެއް ނޫނެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ދީމުޤްރާޠީ މުޖްމަޢެއްގައި އެއްވެސް ކަމެއްގެ ބަހަނާއަކަށް ހަރުކަށި ޢަމަލުތައް ނުވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *