...

Support Us

ވާހަކަ: ތިލޯބި

މިއަދަކީ އަހަރެންގެ ތުއްތަގެ ކޮއްކޮ އައިހަލް ހިތާނުކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަހަރެމެން ތައްޔާރުވަމުން މިދަނީ އައިހަލްގެ ހިތާނީ މޫސުމަށެވެ. މީ ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދުވަސްކޮޅެކެވެ.

އައިހަލް ހިތާނަކުރުމަށް އަންނަ މީހާ އަތުވެއްޖެއެވެ. އަހަރެންގެ މެޔަށް ކުޑަކޮށް އުނދަގޫވާ ގޮތް ވާތީ އަހަރެން ދިޔައީ ފައިނާ އާއި ޝައްމާ އަދި ސައިހާއާ އެއްކޮށް މާމަ ގެއަށެވެ. މާމަގެ ހުންނަނީ މާދުރު ނޫން ހިސާބެއްގައެވެ. އެއީ ވެސް ނަސީބެކެވެ. އެކި ކަންތަކުގައި މޮޔަވަމުން ގޮސް އެއް ގަޑިއިރު ފަހުން ދެން އަނެއްކާ ވެސް ދިޔައީ ތުއްތަމެންގެއަށެވެ. އޭރު އައިހަލް ނެރެފިއެވެ.

ދެން އަހަރެން ދިޔައީ މަންމަމެންނާއެކު ގެއަށް ނަމާދުކޮށް ހަދާށެވެ. މެންދުރު ގޭގައި މަޑުކޮށްފައި ދެން ދިޔައީ ހަވީރެވެ. އޭރު ހަވީރު ސައިގަޑި ޖެހިއްޖެއެވެ. އަވަހަށް ސައި ބޮއެގެން ދެން ދިޔައީ އެރޭގެ މުނިފޫހިފިލުމުވުމުގެ މަސައްކަތަށް ތައްޔާރުވާށެވެ. އަހަރެމެން ގޯތި މީހުން ތައްޔާރުވީ ނެށުމަކަށެވެ. އެރޭގެ ކުޅިވަރު ވަރަށް މަޖާވެފައި އެހާމެ ފޯރިގަދައެވެ.

ހިތާނީގެ އެންމެ ފަހުރޭގެ ޝޯއެވެ. އެރޭ އޮތީ ރަށުގައި ވަރަށް ނަން ހިނގާ ގުރޫޕެއްގެ ޝޯއެކެވެ. އެރޭ ލަވަ ކިޔަން އެރި ޒުވާނާ ހާދަހާވާ ނަލައެވެ. އެހާމެ ޗާލެވެ. ބުނެދޭން ވެސް ނޭނގޭހައި އޭނާ ރީއްޗެވެ. އާނއެވެ. ތިހީވީ ރަނގަޅަށެވެ. އެ ޒުވާނާ އަހަރެންނަށް ކަމުދިޔައީއެވެ. އަހަރެންގެ ހިތްކީއެވެ. އެކަން ކުޑަ ދައްތަ އަށް އެނގިގެން އަހަރެންނަށް އަޅުވާކިޔަނީއެވެ. މައިޝަންގެ ނަމުން އަހަރެންނަށް ގޮވަނީއެވެ. އެ ޒުވާނާގެ ނަމަކީ މައިޝަން އެވެ.

ދުވަސްތަކެއް މިގޮތަށް ފާއިތުވެއްޖެއެވެ. ނަސީބުކަން ދިމާވި ގޮތުން ކުޑަ ދައްތަ ރައްޓެހިވެގެން އުޅެނީ އަލީ އާއެވެ. މައިޝަންގެ އެކުވެރިއަކަށެވެ. އެހެންވެ މި ވާހަކަތައް އަލީ އަށް އަހަރެން ހިއްސާކުރީމެވެ. އެކަމަކު އަލީ އެދުނީ ނޫނެކޭ ބުނެފިނަމަ ވަގުތުން އޭނައާ ދުރުވުމަށެވެ. އަހަރެން އެއްބަސްވީމެވެ.

އޭގެ ހަތަރު ވަރަކަށް ދުވަސްފަހެވެ. ފޯނާ ކުޅެން އޮއްވާ "ޝައީ" އޭ ކިޔާފަ މެސެޖަކުން އަލީ އަހަރެންނަށް ގޮވާލިއެވެ. އަދި މައިޝަންގެ ޖަވާބު ވެސް އަހަރެންނަށް ހިއްސާ ކުރިއެވެ. އެ މެސެޖު ކިޔަިފައި އަހަރެންގެ ހިތް ކުދިކުދިވެ ވެއްޔާ އެކުވެގެންދިޔަ ކަހަލައެވެ. އެ މެސެޖުގައި އޮތީ އަހަރެން އުންމީދުކުރި ޖަވާބެއް ނޫނެވެ. ތިހީވީ ރަނގަޅަށެވެ. ޢަލީ ކޮށްފައިވާ މެސެޖުގައި ވަނީ "މައިޝަން ބުނީ ނޫނެކޭ" މިހެންނެވެ.

މައިޝަންގެ އެ ޖަވާބު ލިބުމުން "ލޯބި" މި ލަފްޒު ދެކެ ވެސް އިންތިހާ ދަރަޖައަށް އަހަރެންނަށް ނަފްރަތު ކުރެވުނެވެ.

ހިތާމައިގެ ދުނިޔޭގައި އެއް މަސް ފާއިތުވަމުން ދަނީއެވެ. މައިޝަން ފެންނާތީ ވެސް ހިތްދަތިކަން ވަނީ އިތުރެވެ. އެކަމަކު އަހަރެން މިހާރު މައިޝަނާ ދުރަށް ދާން ކިތަންމެހާ ވެސް ބޭނުމެވެ. ވަރަށް މަސައްކަތް ވެސް ކުރަމެވެ. މަސައްކަތަށް ކުޑަ ނަމަވެސް ރަނގަޅު ނަތީޖާއެއްގެ އަލި އެޅެންފެށިއެވެ. އަލްޙަމްދުލިﷲ!

އާ ދުވަހަކަށް އިރު އެރިއިރު އަހަރެން އިނީ ނަމާދުކޮށްގެން ލޯބީގެ ޖުމުލަކޮޅެއް ލިޔެލާށެވެ. އެއީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެން އިންދާ އަހަރެންގެ ކޮއްކޮ މައީ ފަހަތުން އައިސް އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ސާބަސް. މާ ވަރަކަށް 'ލަވް ކުއޯޓްސް' އަށް މޮޔަަވެެގެން އުޅޭތީ ތިހެންތިވީ؟" މައީ ހެމުންހެމުން އެހެން އެ ބުނެލީ މައިޝަންގެ ކަންތައް އިނގޭތީ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. އަހަރެންވެސް ކޮއްކޮގެ ހިނިގަނޑާ އެއްބައި ވެލީމެވެ.

"ހޫހޫހޫނނނނ… މަންމަ ހަޅޭއްލަވައިނުގަންނަނީސް ބަދިގެއަށް ދާން ހިނގާ" މައީ ބުނެލިއެވެ. އަހަރެން ވެސް އާނއެކޭ ކިޔާފައި ކޮޓަރިން ނުކުތީމެވެ.

ބަދިގެއަށް ގޮސް މަންމައާ އެކު ސައި ހަދަން އުޅެފައި ދެން އަހަރެން ދިޔައީ މަގުމަތި ކުނި ކަހާށެވެ. ކުނި ކަހަން އުޅޭތަން ޝައްމާއަށް ފެނިގެން އައިސް މަޑުކޮށްލާފައި ބުންޏެވެ. "މިއަދުގެ ޝެޑިއުލް ކިޔާބަލަ!" އަހަރެންނަށް ވިސްނުނެވެ. ކަމެއް ނެތިއްޔާ ޝައްމާ އެހެންއެއް ނާހާނެއެވެ. "މިއަދު ވަކި ޚާއްޞަ ކަމެއް ނެތް. ތި ވީގޮތެއް ބުނެލަބަލަ!" އަހަރެން ބުނެެލީމެވެ. އެއާއެކު ޝައްމާ ބުންޏެވެ. “ހޫން. އެހެންވެ ވާނެ މަށާ ޝާއީ އާއި ސައިހާއާ މިރޭ އޮންނަ ޝޯއަށް ދާން،" އަހަރެން އާނއެކޭ ބުނުމުން ޝައްމާ ދަނީއޭ ބުނެ ހިނގައިގަތެވެ. އަހަރެން ވެސް ކުނިކަހާ ނިންމާފައި ގެއަށް ވަންނަން ހިނގައިގަތީމެވެ.

ދުވަހުގެ މަސައްކަތްތައް ކޮށް ނިމި ގަޑިން 9:15 ވީއެވެ. އަހަރެން ތައްޔާރުވަމުން މިދަނީ މިރޭގެ ޝޯއަށެވެ. އެ ޝޯ 9:30ގައި ފެށޭނެއެވެ. އަަހަރެން ބޭރަށް ނިކުމެ މަޑުކޮށްލައިގެން ހުރީ ޝައްމާމެންގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އަހަރެންގެ ގައިގައި ކޮށްޓާލި ތަނާ ސިއްސައިގެން ގޮސް ފަހަތަށް އެނބުރެވުނު ހިނދު އިތުރަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތުގައި ހުރީ ޝައްމާ އާއި ސައިހާ ކުރެން މީހެއް ނޫނެވެ. އެއީީ ފުރާވަރަށް އަރައިފައިވާ ރީތި، ރާޅު އިސްތަށިގަނޑެއް ލިބިފައިވާ ޗާލު ފިރިިހެނެކެވެ. އެ ޒުވާނާ އަހަރެންނާ ހަމައަށް ހުއްޓިފައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.