Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައިވާ ފޮޓޯއިން ފެންނަ މަންޒަރަށް ރަނގަޅަށް ބަލާލާށެވެ. ތުއްތު ކުއްޖަކު ކާއެއްޗެއް ހޯދުމަށްޓަކައި ކުނިގޮނޑު ހާވަން މަސައްކަތް ކުރަނީއެވެ. އެކަމަށް އެ ތުއްތުތުއްތު ކުއްޖާއަށް އެހީވެދެނީ ކުއްތާއެކެވެ. ކުނި އަޅާފައި ހުރި ތާނގީގެ ތުނބާ ހަމައަށް ކުއްޖާގެ އަތް ނުފޯރާތީ، އެ ކުއްތާ އޭތީގެ ބުރިކަށި، ކުއްޖާ އަރަން ދައްކައި، ކުއްޖާއަށް ކުނިގޮނޑު ހޮވޭ ގޮތް ހަދައިދެނީއެވެ.

މި ތަސްވީރު އެ ބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މި ކުއްތާގެ ހިތުގައި އޮތްވަރަށް ވެސް ރަހުމާއި އޯގާތެރިކަން، އެމީހުންގެ ހިތުގައި އޮތް ބަޔަކު ހަމަ ނެތީބާވައެވެ؟ އާދެ، ކުއްތާއިން ވެސް އިންސާނުންނަށް ވުރެ ރަނގަޅުވީ ބާވައެވެ؟ އެހެން އިބާރާތަކުން ބުނާ ނަމަ، އިންސާނުންގެ ތެރޭގައި މިފަދަ ކުއްތާއެއްވެސް ހަމަ ނެތީ ބާވައެވެ؟ އިންސާނުންގެ ސިޔާސީ ނިޒާމުތަކަށް މި ފަދަ ކުއްތާއިން އުފެއްދުމަށް ވެސް ނުކުޅެދުނީ ހެއްޔެވެ؟

ދެން ފަހަރަކުން، މިފަދަ ކުއްޖަކު ނުވަތަ މީހަކު ފެނިއްޖެ ނަމަ، ކޮންމެ ވެސް އެހީތެރިކަމެއް ފޯރުކޮށްލަދީ، އެ ކުއްތާ ފަދައިން އިހުސާންތެރިއަކަށް ވާށެވެ!

މި މަގާމުގައި ޔޫނާނީ ފަލްސަފާވެރި އެރިސްޓޯޓްލް ބުނެފައިވާ ވާހަކައެއް ހަނދާންކޮށްލުން އެންމެ ރަނގަޅުހެން ހީވެއެވެ. "އިންސާނުންގެ ތަބީއަތް އަހަންނަށް އެނގުނު އެނގުނުހެން، އަހަރެންގެ ކުއްތާ ދެކެ އަހަރެންވާ ލޯބި އިތުރުވަމުން އިތުރުވަމުން ދިޔައެވެ!"