މުނާސަބު މައްސަރެއްގައި މިއަދު ހަތްދިހަފަސް އަހަރު ފުރުނީ
ގުނާ ޢަދަދަދެއް ނުކުރި ނަމަވެސް ދިވެހި ތާރީޚު ބުނެ އެދެނީ
ބިނާ މިސްކިތްމެ އިބްރާހީމް ހަނދާނުގެ ރަމްޒަކަށް މަތިވެރި
ޢިނާތް ރަޙްމަތުގެ އެދިގެން އަމީނު ބިނާ ކުރައްވަވަނީ
ވުމުން ފުރައުއްތަ އިބްރާހީމް އެ ދޮށިމޭނާ ކިލެގެފާނުން
ވުމުން ކާފާފުޅަށް ލޮބުވެތި ހަނދާނީ ރަމްޒަކަށް އެވަނީ
ދިޔަސް ފާއިތުވެ އަހަރުން ފަންސަވީސް ފުރައުއްތަ ވީދުވަހުން
ވިޔަސް ފުރިފައި އެ މުއްދަތުގައި ބިނާއެއް މާތް ކުރައްވަވަނީ
އަދުގެ ތާރީޚު އެއްހާހާ އިތުރު ސާޅީސް ހަތަރު އަހަރޭ
އަދުގެ ދުވަހުގެ ޢަދަދު ރަމަޟާން ހައެއްކަމުގައި ވެގެންނެވަނީ
ދެދޮށިމޭނާ ކިލެގެފާނަށް ޢަފޫކޮށް ދެއްވުމާ އެކުގައި
ދެދޮށިމޭނާ ކިލެގެފާނުން ސުވަރުގޭ ލެއްވުމޭ އެދެނީ
06 ރަމަޟާން 1444