Support Us

ކޮލަމް ކޯދު: މަންގްލީ މުންޑާގެ ވާހަކަ- ކުއްތާއަކާ ކައިވެނިކުރަން ޖެހުނު ސަބަބު

ޖަރްހކަންދަކީ އިންޑިޔާގެ އުތުރު އިރުމަތީގެ އިސްޓޭޓެކެވެ. އެ އިސްޓޭޓު މަޝްހޫރުވެފައި އޮންނަނީ އެތަނުގެ ހިތްގައިމު ޝައްލާލުތަކާއި ޖައިނު ފައްޅިތަކާއި އެތަނުގެ ގައުމީ ޕާކުތަކުގައި އުޅޭ އެތްތަކާއި މިނިކާވަގުތަކުންނެވެ.

ނަމަވެސް މިވާހަކަ ގުޅެނީ އެތަނުގެ މަޝްހޫރު މިކަންކަމާކާއެއް ނޫނެވެ. އެތަނުގައި ހިނގައިދިޔަ ވަރަށް ވެސް ހައިރާންކުރުވަނިވި، އާދަޔާޚިލާފު ހާދިސާއަކާއެވެ.

މަންގްލީ މުންޑާއަކީ 18 އަހަރުގެ ވަރަށް ވެސް ރީތި، ނަލަ އަންހެން ކުއްޖެކެވެ. އެތަނުގެ ހިންދީ ދީނުގެ ބައެއް އިލްމުވެރިން ނިންމެވީ މަންގްލީ އަކީ ސިހުރެއް ޖެހިފައިވާ ކުއްޖެއް ކަމެވެ. އަދި، އެ ސިހުރުން ސަލާމަތްވެވެން އޮތީ މަންގްލީ ކުއްތާއަކާ ކައިވެނި ކުރުވައި، އޭނާއަށް ޖެހިފައިވާ ސިހުރު އެ ކުއްތާއަށް އޭނާގެ ކިބައިން ވާރުތަކޮށްލެވިގެންނެވެ. މި ގޮތުގައި ކަންތައް ކުރެވުމުން، މަންގްލީ ކައިވެނިކުރާ ފިރިހެނާއަށް ދިގު އުމުރެއް ވެސް ލިބޭނެކަން މި ނަންގަތް އިލްމުވެރިން ބުނެއެވެ.

މި ވާހަކަ ކިޔައިފައި މީހުން ހައިރާންވެ، މިއީ ކޮންފަދަ މޮޔަކަމެކޭ ބުނެފާނެއެވެ. ނަމަވެސް، މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ވެސް ދީނުގެ ނަމުގައި ކުރެވޭ ކަމެއް، އަޅުގަނޑުމެން ހަނދާނެއް ނުހުރެއެވެ. ރުގުޔާގެ ނަމުގައްޔާއި ފަންޑިތައާއި ސިހުރުގެ އެކިއެކި ކަންތައްތައް ބޭސްފަރުވާގެ ނަމުގައި ކުރެވިއެވެ. ފައްސަތޭކައިންނާއި ރުފިޔާއިން ފެންކިޔަވައިގެންނޭ ކިޔައި، އަޅުގަނޑުމެންގެ ތެރޭގައި ވެސް ފުޅިފުޅި ވިއްކާކަން ހަނދާނެއް ނުހުރެއެވެ. އަދި، މިފަދަ ކަންކަމަކީ ދީނުގެ ނަމުގައި، ދީނީ ނައްސުތައް ދައްކައިގެން ދީނީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ރުހުމާއި ތާއީދު، އަދި، އެފަދަ އަމަލުތަކުގައި އެމީހުންވެސް އަމަލީ ގޮތުން ބައިވެރިވެ ކުރާ ކަންކަމެވެ.

އޭނާއަށް ޖެހިފައިވާ ކަމަށް ބުނާ ސިިހުރުން ސަލާމަތް ވުމަށް ކުއްތާއަކާ ކައިވެނިކުރުމުން އެކަމާ ހީ، މަލާމަތްކޮށް ފާޑުކިޔާއިރު، އަޅުގަނޑުމެންގެ ތެރޭގައި އޮތް މިފަދަ އަމަލުތަކާ މެދު އެއީ ހަމަ އެންމެ ރަނގަޅު، ބުއްދި ގަބޫލުކުރާ ކަންތައްތަކެއް ކަމުގައި ދުށުމާ ދޭތެރޭ ބުނާނީ ކީކޭތޯއެވެ؟ އެވާނީ ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާއާ ދިމާއަށް ގުދޯ ގުދޯ ގޮވުން ކަހަލަ ކަމަކަށް ނޫންތޯއެވެ؟

ނޯޓު: މި ޚަބަރު ނަގައިފައިވަނީ ކަހމާ ޕެރެސްގެ ނިޔުސް އޭޖެންސީގެ ނޫހެއްގައި 2014ގައި ޝާއިއުކުރި ޚަބަރަކުންނެވެ. އެ ޚަބަރު ކިޔާލަން ބޭނުން ނަމަ، އެ ސަފުހާގެ ލިންކު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *