ރަޙުމަތުން މައްސަރުގެ ފުރަތަމަ ދިހަ ފުރުއްވީ ރަޙްމަތުން
ޝަހްރު ރަމަޟާން ޚައްޞަވީ ހެޔޮ ކަމުގެފަތް ހެވަތުން ފުރުން
އެންމެ މަތިވެރި ނޫރުކަމުގައި ލެއްވި ޤުރުއާން ކިޔަވަމުން
އެންމެ ރޭއްވެސް ދޫނުކޮށް ރޭއަޅުކަމާ މަޝްޣޫލުވުން
ހުރި ފުދުންތެރި ކަމުގެ މިންވަރަކުން ފަޤީރުންނަށްޓަކާ
ހުރި ތަކެތި އަތު ފޯރުކޮށް ހައިހޫނުކަން ފިލުވައިދިނުން
ގާތްތިމާގެ ގުޅުން ތަކަށް ލޯމެރުނު ކަންކަން ހަނދުމަކޮށް
ގާތްކަމުގެ ޗޭނުން ބަދެނދެވި އެއްޖިސްމުފަދައިން ބަނދެލެވުން
ނުނިޔަތާ ރުޅިޔާ ޙަސަދަ ހިތުގައި އަނދާ ހުޅުގަނޑު ނިވާ
ދުނިޔެއަށް ފަހު އާޚިރަތް ހެޔޮ ވާނެ ދޮރު ހުޅުވައިލެވުން
މަންމަޔާ ބައްޕަގެ ހިތަށް ދެވިފައިވި ހިތްދަތި ކަންކަމުން
އަންނަ ހިތި އިޙްސާސް ހަނދާންކޮށް ހޯދުމޭ މާފާ ރުހުން