Support Us

މިޞްރު ތުރްކީ ގުޅުން މުޅި ސަރަޙައްދަށް ފައްސިވާނެ

މިޞްރު– ތުރްކީ ގުޅުންތައް ރަނގަޅުވުމުގެ ސަބަބުން ލީބިޔާއަށާއި ފަލަސްޠީނަށާއި މެދުއިރުމަތީގެ ހުރިހާ ޤައުމުތަކަކަށް އެކަމުގެ ހެޔޮ ނަތީޖާ ރިވެލިވެގެންދާނެ ކަމަށް ތުރްކީގެ ރިޔާސީ އޮފީހުގެ ތަރްޖަމާނު އިބްރާހީމު ޤާލުން ވިދާޅުވެއްޖެއެވެ.

ތުރްކީގެ ޓީވީއަކަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި "މިޞްރާއެކު ގުޅުންތައް ރަނގަޅުވެ ޠަބީޢީ ވުމަކީ އަންކަރާ ދެކޭގޮތުގައި އޭގެ ނަތީޖާ މެދުއިރުމަތީގެ ހުރިހާ ޤައުމުތަކަކަށް ފައްސިވެގެންދާނެ ކަމެކެވެ. އެކަމުގެ ފައިދާތައް ވަރަށް ގިނަގުނަވާނެކަމަށް ވެސް އަންކަރާ ދެކެއެވެ."

ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް އޮޣުލޫ މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ މިޞްރާއި ތުރްކީއާ ދެމެދުގައި އޮތް ގުޅުންތައް އަނބުރާ އިޢާދަކުރުމަށް ޓަކައި ކުރެވުނު މަސައްކަތެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާއެކު ބަހުސް ކުރެވުނީ ހަމައެކަނި އެ ދެ ޤައުމުގެ ދެމެދުގައި ހުރި މަސްއަލަތަކާ ބެހޭ ގޮތަކުން ނޫނެވެ. މީގެއިތުރަށް ސަރަޙައްދީ މަސްއަލަތަކާއި ބައިނަލްއަޤްވާމީ މަސްއަލަތަކާ މެދުވެސް ބަހުސްކުރެވުނެވެ. މި ބައްދަލުކުރެއްވުމުގެ ތެރޭގައި ތުރްކީގެ ކުންފުނިތައް މިޞްރުގައި ވުނަކުރުމުގެ މަޝްރޫޢުތައް ފެށުމަށް އޮޣުލޫ ގޮވައިލެއްވިއެވެ.

ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޓަކައި މިޞްރުން ވަރަށް ގިނަ އެހީތަކެއް ވެފައިވާކަން ފާހަގަ ކުރެވެއެވެ. މި އެހީތަކާއެކު މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ތުރްކީއަށް ޒިޔާރަތް ވެސް ކުރެއްވިއެވެ. ތުރްކީ ޚާރިޖީ މިޞްރަށް ޒިޔާރަތް ކުރެއްވުމަށް މިޞްރުގެ ވަޒީރު ދަޢުވަތު ދެއްވީ މި ދަތުރުފުޅުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *