Support Us

ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްޠީނު މީހުން ނެރެފި

ރޭގެ ތަރާވީޙު ނަމާދު ހަމަ ނިމުމާއެކު އިސްރާއީލުގެ ބާރުތައް އަޤްޞާ މިސްކިތަށް ވަދެ ޤިޔާމަށާއި އިޢުތިކާފަށް ތިބި ފަލަސްޠީނު މީހުން ގަދަކަމުން އެ މިސްކިތުން ބޭރަށް ނެރެފިއެވެ.  

ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލުގެ ބާރުތައް ޤުދުސްގެ ބައު ސަހަރުތެރެއަށް ފެތުރިގަނެ އަޤްޞާ މިސްކިތަށް ފަލަސްޠީނު މީހުން ދިޔުން މަނާކުރިއެވެ. އަދި މިސްކިތުން  ނުކުތް މީހުން އެނބުރި އެ މިސްކަތަށް ދިޔުން މަނާކުރިއެވެ.

ފަލަސްޠީނުގެ މީޑިޔާތައް ބުނާގޮތުގައި އިސްރާއީލު ސިފައިން އަޤްޞާ މިސްކިތުގެ ތެރެއަށް ވަނީ ފައިވާނުގައެވެ. އެމީހުން އެ މިސްކިތުގެ ޤިބްލައާވީ ފަރާތުގެ ބައިން ވަދެ އަޅުކަން ކުރަން ތިބި މީހުންގެ ގައިގައި ބޫޓުން ތަޅައި އެމީހުން ބޭރަށް ނެރުނެވެ.  

އަޤްޞާ މިސްކިތުގެ އިމާމު ޝައިޚު ޢިކްރިމަތު ޞަބްރީ ވިދާޅުވިގޮތުގައި ރަމަޟާން މަހަށް ހަނދުބެލުމާއެކު އިސްރާއީލުން ދަނީ  އަޤްޞާ މިސްކިތަށް ޤިޔާމު ކުރުމަށާއި އިޢުތިކާފު ކުރުމަށް އަންނަ މީހުންނަށް ހުރަސްއަޅަމުންނެވެ. ރަމަޟާން މަހުގެ  އިޙްތިރާމު ދަނީ ކަނޑަމުންނެވެ. އަޤްޞާ މިސްކިތުގެ ޙުރްމަތަށް ދަނީ އަރައިގަންނަމުންނެވެ. 

ޙަމާސް ޖަމާޢަތުން އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް ނެރުނު ބަޔާނުގައި "މިއީ އަޅުކަންކުރުމުގެ މިނިވަންކަމާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ޙަމަލާއެއް ކަމަށް" ބުންޏެވެ. 

ޙަމާސުން ބުންޏެވެ. "އަޤްޞާ މިސްކިތުގައި ނަމާދު ކުރުމާއި އިޢުތިކާފު ކުރުމަކީ އަހުރެމެންގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެކެވެ. އަހުރެމެން  އެކަން ދިފާޢު ކުރުމަށް ހުރިހާ  ވަސީލަތްތަކަކުން މަސައްކަތް ކުރާނަމެވެ. ޢަދުއްވުންގެ ފިއްތުންތަކަށް ބިރުން އަޅުކަން ކުރުން ހުއްޓައެއް ނުލާނަމެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *