Support Us

ޔުކްރޭނުން ނޭޓޯއަށް ވަނުން ހުއްޓައިލިޔަސް ހަނގުރާމަ ކުރިއަށް ގެންދެވޭނެ: މެޑްވެޑޭވް

ނޭޓޯއަށް ވަނުމުގެ މަސައްކަތް ޔުކްރޭނުން ހުއްޓައިލިޔަސް  ރަޝިޔާގެ އަމާޒުފަތްގަނޑަށް ވާޞިލުވެވެންދެން ހަނގުރާމަ ކުރިއަށް ގެންދެވޭނެ ކަމަށް ރޫސީ ވިލާތުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

އޭނާ ފަރަންސޭސި ޓީވީ ޗެނެލެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި ވަކި ޝަރްޠުތަކެއްގެ މަތިން ޔުކްރޭނުގެ ރައީސް ޒިލެންސްކީއާއެކު ވާހަކަދައްކަން ފެށިދާނެއެވެ.

ރަޝިޔާގެ ރައީސްކަން 2008 އިން 2012 އަށް ކުރެއްވި މެޑްވެޑޭވަކީ ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ ފަރަންސޭސި އެލްސީއައި ޓީވީ ޗެނެލްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ނޭޓޯގެ މެންބަރުކަމާ ދުރަށް ކިޔީވް ދިޔުމަކީ ޞުލްޙަ ޤާއިމު ކުރުމަށް ފުދޭ ޝަރްޠެއް ނޫނެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ޢަސްކަރީ ޚާއްޞަ މަސައްކަތަކީ ތިންވަނަ ބޮޑުހަނގުރާމައެއް ފެށުނަ ނުދިނުމަށް ޓަކައި މޮސްކޯއިން ކުރަމުންދާ މަސައްކަތެކެވެ. ޕޫޓިން ވިދާޅުވާ ގޮތުގައި ރަޝިޔާއަށް މި ޙަމަލާދޭން  މަޖުބޫރުވީ އައު ނާޒީ ޙަރަކާތް ނައްތައިލާންވެގެންނެވެ. މިއީ ހުޅަނގު ދޮގުކުރާ ވަހަކައެކެވެ. 

އެމެރިކާގެ ހަތިޔާރުތައް

މެޑްވެޑޭވް ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ދެމުންދާ ހައިމާރސް ފަދަ ހަތިޔާރުތަކަކީ ރޫސީ ސިފައިންނަށް ކުރިމަތިލާން ޖެހޭ ޙަޤީޤީ ބިރެއް ނޫނެވެ. އެހެނަސް އެމެރިކާއިން ރަޝިޔާގެ އެތެރެއަށް ޙަމަލާދެވޭވަރުގެ ދުރު ރާސްތާ ހަތިޔާރު ޔުކްރޭނަށް ދީފިނަމަ ޙާލަތު ބަދަލުވެގެންދާނެއެވެ. ޖުމްލަ 70 ކީލޯމީޓަރަށް ދަތުރު ކުރެވޭ ވަރުގެ މިސައިލްގެ ބަދަލުގައި 300 ނުވަތަ 400 ކީލޯމީޓަރު ދުރަށް ދަތުރުކުރެވޭވަރުގެ މިސައިލް ދީފިނަމަ އެކަން ރަޝިޔާގެ ބިމަށް ނުރައްކާތެރި ހަތިޔާރަކަށް ވާނެއެވެ. މި ޙާލަތުގައި "މޮސްކޯއިން އަޅާ ފިޔަވަޅުތައް ވަރަށް ތަފާތުވާނެ" ކަމަށް މެޑްވެޑޭވް ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *