Support Us

ނަތަންޔާހޫގެ "ޤަޟާއީ އިންޤިލާބާ" ދެކޮޅަށް މުޒާހަރާތައް އަލުން ފަށައިފި

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބާ ދެކޮޅަށް އިސްރާއީލުގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ މިއަދު މުޒާހަރާކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ތައްލު އަބީބުގެ މައިމަގެއް މައްޗަށް ނުކުމެ ވާހަނަ ޙަރަކާތް ހުއްޓުވައިލިއެވެ. ބައެއް މީހުން ކަނޑުގެ ބަދަރެއް މައްޗަށް ގޮސް ފުރޮޅުތަކުގައި ރޯކޮށް ލޮރީތަކާއި ޕިކަޕް ފަދަ އުޅަނދުތަކުގެ ޙަރަކާތް ކުޑަ އިރުކޮޅަކަށް ހުއްޓުވައިލިއެވެ.

ތައްލު އަބީބުގެ މެދުތެރޭގައި ހުންނަ ސިންތާ މާލަން ކައިރިއަށް ޖަމާވި ބަޔަކު ދުރަށްލުމަށް ޓަކައި އިސްރާއީލުގެ ފުލުހުން ކުޑަކޮށް ބާރުގެ ބޭނުން ވެސް ކުރިއެވެ.

ޤަޟާއީ އިންޤިލާބުގެ ރޭވުން

ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ ޤަޟާއީ ނިޒާމަށް ބަދަލުތަކެއް ގެންނަވަން މަސައްކަތް ފެށްޓެވުމާ ވިދިގެން އިސްރާއީލުގައި އޭނާގެ މި ރޭވުމާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންދާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ނަތަންޔާހޫގެ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ފާސިދު ބައެއް ވަޒީރުން ސަލާމަތްކުރައްވާށާއި ނަތަންޔާހޫގެ މައްޗަށް އުފުލިފައިހުރި މަސްއަލަތައް ކޯޓުން ބޭރުކޮށްލެއްވުމަށް ޓަކައި އޭނާ ގެންނަވަން އުޅުއްވާ ޤަޟާއީ އިންޤިލާބުގެ އަމާޒަކީ ސުޕްރީމު ކޯޓުގެ ބާރު ކަނޑުވައިލައި އެ ކޯޓުގެ ނިޔާތަކުގެ މައްޗަށް ބަރްލާމާނު ވެރިކުރުވުމެވެ. މި ރޭވުމާ ދެކޮޅުހަދާ ބާރުތައް ބުނާގޮތުގައި މިއީ އިސްރާއީލުގެ ދީމުޤްރާޠީ ނިޒާމު ނައްތައިލައި ބޮޑުވަޒީރުގެ ބާރުތައް ވަރުގަދަކޮށް ޚުދްމުޚްތާރު ކުރުމަށް ކުރެވޭ ޣައިރު ޤާނޫނީ މަސައްކަތެކެވެ.  

މި މުޒާހަރާތަކުގައި އިސްރާއީލުގެ ރިޒަރވް ސިފައިންގެ އެތައް ބަޔަކު ބައިވެރިވަމުންދާކަން ފާހަގަ ކުރެވެއެވެ. އިސްރާއީލުގެ މާލީ ވުޒާރާ ބުނާގޮތުގައި މި މުޒާހަރާތަކުގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދަށް ދަނީ ނުބައި އަސަރުތައް ކުރަމުންނެވެ. 

ޤުދުސްގެ ޤަދީމީ ސަހަރުގެ ފާރާ ފަރަލިވާ ގޮތަށް މީހުން އެއްވެ "އިސްރާއީލު ޤާއިމުކުރި ރަސްމީ ލިޔުމުގެ ބޮޑު ކޮޕީއެއް" އެލުވައި ސަރުކާރާ ދެކޮޅަށް އަޑު އުފުލިއެވެ. އެވިޑާން ފްރެޑްމަން ވިދާޅުވިއެވެ. "އަހަރެމެން ޔަހޫދީ ރައްޔިތުންގެ ހައިސިއްޔަތުން މިތާނގައި މި ހަނގުރާމަ ކުރަނީ އަހުރެމެންގެ ޙަޔާތަށް ޓަކައެވެ. މި ހަނގުރާމަ މި ކުރަނީ މިހާރު ހިގަމުންދާ ކަންތައްތަކުގެ ސަބަބުން ދައުލަތް ވީދިގެންދާތީއެވެ. ސަރުކާރުގެ ކިބައިން މި އެދެނީ އެ މަސައްކަތް ހުއްޓައިލާށެވެ."

ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ ރޭވުން ކުރިއަށް ގެންދަވަނީ މި ކަމުގެ ސަބަބުން ޤާނޫނުތައް ބާޠިލުކުރުމަށް ސުޕްރީމު ކޯޓަށް ލިބިފައިވާ ބާރު ކޮންޓްރޯލް ކުރުމަށާއި ޤާޟީން ޢައްޔަންކުރުމުގައި ސަރުކާރަށް އެންމެ ފަހުބަސް ބުނުން ލިބިދިނުމަށެވެ.

މި ޤާނޫނު މިހާރުވަނީ ބަރްލަމާނުގެ 61 ވޯޓުން ފާސްކޮށްފައެވެ. މި ޤާނޫނާ ދެކޮޅަށް ލިބިފައި ވަނީ 47 ވޯޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *