Support Us

ކޮލަމް: ކޯދު: ސުއާލަކާއި ޖަވާބެއް- ދުނިޔޭގައި އޮތް އެންމެ ދިގު މަގު

މުދައްރިސު: ދުނިޔޭގައި އޮތް އެންމެ ދިގު މަގަކީ ކޮބާ ހެއްޔެވެ؟

ދަރިވަރު: އަޅުގަނޑުމެން ދަތުރުކުރަމުންދާ ތަރައްގީގެ މަގެވެ.

މުދައްރިސު: ތިޔަހެން ތިބުނީ ކީއްވެ ހެއްޔެވެ؟

ދަރިވަރު: ތަރައްގީވެ، ހެޔޮ ދިރުއިޅުމެެއްގެ ވާހަކަ، އަޅުގަނޑުމެންގެ ތެރޭގައި ދައްކައި އެ މަގުން ދަތުރުކުރަމުންދާތާ 70 އަހަރުވެއްޖެއެވެ. ރައީސް މުހައްމަދު އަމީނު 1940ގެ ފަހުކޮޅުގެ އަހަރުތަކުގައި އެ މަގުން ދަތުރުކުރައްވަން ފެއްޓެވިއެވެ. މިހާރު އޭގެ ފަހުން 70 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދިވެސް، އެ ދަތުރު ނިމުމުގެ ކޮޅުމަތިވެސް ފެންނަހެން ހިޔެއް ނުވެއެވެ. ދަތުރުގައި ހަމަ މިއޮއްގެން ކުރިއަށް ދަނީއެވެ. އެހެންވެ، އެ ދަތުރު ކުރަމުން އެދަނީ ވަރަށް ވެސް ދިގު މަގެއްގައި ނޫންތޯއެވެ! ހަތްދިހަ އަހަރު ވަންދެން އެ މަގެއްގައި ދަތުރުކޮށް، ދާން އުޅޭ މަންޒިލަށް ނުފޯރާނޭ ފަދަ ދިގު އެހެން މަގެއް ދުނިޔެއަކު އޮންނާނޭހެން ހިޔެއް ނުވެއެވެ. އެހެންވީމާ އަޅުގަނޑުމެން ދަތުރުކުރަމުން މިދާ ތަރައްގީގެ މަގުވާން ޖެހޭނީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ދިގު މަގަށެވެ!