Support Us

"ފަލަސްޠީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނެތް"

ފަލަސްޠީނުގެ ރައްޔިތުންނަކީ އުޅޭ ބައެއް ނޫން ކަމަށް އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސްމުތުރިޗް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި "ފަލަސްޠީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކީ އަދި 100 އަހަރު ވެސް ނުވާ ބިލާހީ އުފެއްދުމެކެވެ." އޭނާ ތާރީޚީ ޙަޤީޤަތްތައް އޮޅުވައިލައްވަމުން މި ގޮތަށް ވާހަކަފުޅު ދެއްކެވުމުގެ ކުރިން ވަނީ ނާބްލުސްގެ ޙުއްވާރާ ނަމަކަށް ކިޔާ ރަށް ވުޖޫދުން ފުހެލުމަށް ގޮވައިލައިފައެވެ.

ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ "ދީނީ ޞިހްޔޫނިއްޔަތު" ޕާޓީގެ ޒަޢީމު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ހޯމަވިލޭރޭ ޕެރިހުގައި "ފަލަސްޠީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނެތް.. އެއީ އަދި ސަތޭކަ އަހަރު ވެސް ނުފުރޭ ބިލާހީ އީޖާދެއް" މި ނަމުގައި ބޭއްވި ހަވީރު ކުރުމެއްގައި ކަމަށް އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫސް ބުންޏެވެ.

އިސްރާއީލުގެ މާލީ ވަޒީރު ޕެރިހަށް ވަޑައިގަތީ ލީކޯޑް ޕާޓީގެ ކުރީގެ ރައީސެއް ކަމުގައިވާ ޞިހްޔޫނީ ރެޑިކަލް ޙަރަކާތްތެރިޔާ ޖެކް ކޮޕްވަރގެ ޝަރަފުގައި ބޭއްވި ހަވީރުކުރުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.

އޭނާއަށް ރައްދުދެއްވައި ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އަޝްތިޔާ ވިދާޅުވިއެވެ. "މިއިން ކަށަވަރުވަނީ ޞިހްޔޫނީ ފިކްރަކީ ޙައްދުފަހަނަޅައިފައިވާ ނަސްލީ އިމްތިޔާޒުގެ ފިކުރެއް ކަމެވެ."

ފަލަސްޠީނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. "މިއީ ޞިހްޔޫނީ ފުރަތަމަ ޝިޢާރުތަކާ ގުޅޭ ވާހަކަތަކެކެވެ. އެމީހުން ބުންޏެވެ. ރައްޔިތަކު ނެތް ބިމެއް.. ބިމެއް ނެތް ރައްޔިތަކަށް" ދޭންވީއެވެ. ޞިހްޔޫނީ ބާޠިލު ގޮތުގައި ދަޢުވާ ކުރާ ގޮތުގައި އެއީ އެމީހުންގެ ކަލާނގެ އެމީހުންނަށް ދެއްވަން ވަޢުދުވެ ވޮޑިގަންފައިވާ "އަރްޟުލް މީޢާދު" އެވެ.

ބޮޑުވަޒީރު އަޝްތިޔާ ވިދާޅުވިއެވެ. އިސްރާއީލުގެ މާލީ ވަޒީރުގެ ބަޔާނަކީ "ބޮޑާކަމާއި ޙައްދުފަހަނަޅައި ގޮސްފައިވާ މިންވަރު ސާފުކޮށް ހާމަކޮށްދޭ ބަޔާނެކެވެ. އޭނާ އެހެން ބުންޏަސް އަހުރެމެންގެ ތާރީޚާއި އަހުރެމެންގެ ބިމަށް އަހުރެމެން ނިސްބަތްވާ ނިސްބަތްވުން އޮޅުވައެއް ނުލެވޭނެއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލަކީ އިސްތިޢުމާރީ ދައުލަތެކެވެ. މި ދައުލަތް އުފެއްދީ މުސްތަޢުމިރުންނާއި ގަދަކަމުން ވަޒަންވެރިކުރުވައިފައިވާ މީހުންނެވެ. ހަންފަތުރާ އިސްތިޢުމާރީން ގޮތަށް މި ބައިމީހުން ވެސް ހަންފަތުރައި ފުޅައުވެގަތީއެވެ."

ފާޑުކިޔުން

އިންސާނީ ޙައްޤުތަކާ ބެހޭ ފަރަންސޭސިވިލާތުގެ ޖަމްޢިއްޔާއިން އިސްރާއީލުގެ ކަނާތުފިޔައިގެ ވަޒީރާ ދެކޮޅަށް މިއަދު ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފައެވެ. މި ޖަމްޢިއްޔާއިން މި ދިޔަ ހަފުތާގައި އޭނާއަށް މަރްޙަބާ ނުދަންނަވާނޭ ކަމަށް ވަނީ ބުނެފައެވެ.

މި ހުސްވި ފެބްރުވަރީގައި ސްމުތުރިޗް ވަނީ ނާބްލުސްގެ ރަށެއްކަމުގައިވާ ޙުއްވާރާ ވުޖޫދުން ފުހެލަން ގޮވައިލައްވައިފައެވެ. ޔަހޫދީ ވަޒަންވެރީން މި ރަށަށް އަރައި އެތައް ޙަމަލާތަކެއް ވަނީ ދީފައެވެ. މި ޙަމަލާތަކުގައި ފަލަސްޠީނު މީހަކު މަރައިލައި އެތައް ބަޔަކު ވަނީ ޒަޚަމުކޮށްލައިފައެވެ. އެމީހުން ވަނީ މި ރަށުން އެތައް ގެއަކާއި އެތައް އުޅަނދުތަކެއް އަންދައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *