Support Us

ޗައިނާގެ ރައީސް މޮސްކޯއަށް، ފޮނި ނަތީޖާތަކެއް ނުކުންނާނެ

ޗައިނާ ރަޝިޔާ އިސްތިރާތީޖީ އެއްބާރުލުން ހަރުދަނާކުރެއްވުމަށް ޓަކައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މޮސްކޯއަށް ވަޑައިގެންފިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނު ޙިމާޔަތް ކުރުމަށް ޓަކައި ރަޝިޔާއާއެކު އެއްބާރުލުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޝީ ވިދާޅުވިއެވެ. ޗައިނާގެ ރައީސް ވިދާޅުވިއެވެ. "މި ދަތުރު ވާނީ ރަޝިޔާއާއެކު ގުޅުންތައް ވަރުގަދަކުރުމަށް ލެވޭ އެއްބާރުލުމަކަށެވެ. މި ދަތުރުގެ ނަތީޖާ ވަރަށް ކުރުންތެރިވާނެއެވެ."

ރައީސް ޝީ މޮސްކޯއަށް ވަޑައިގަތުމުގެ ދެތިން ގަޑިއިރުކުރިން ރަޝިޔާގެ ނޫހެއްގައި ރައީސް ޝީ ލިޔުއްވި މަޒްމޫނެއްގައި ޔުކްރޭނުގެ މަސްއަލައިން ބޭރަށް ނުކުތުމަށް ޓަކައި "ބުއްދި ބަލައިގަންނާނެ މަންހަޖެއް" ގެންގުޅުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "ޝާމިލު ޖަމާޢީ އަމްނުގެ މަފްހޫމަކަށް އެންމެން ތަބާވެ ހަމަހަމަކަމާއި ޙިކްމަތްތެރިކަމާއި ޕްރެގްމެޓިކް ގިއުގަޑެއްގެ ތެރޭގައި މަޝްވަރާތަކާއި ވާހަކަދެއްކުންތައް ކުރިއަށް ގެންގޮސްފިނަމަ" އެ މަސްއަލަ ޙައްލު ކުރެވިދާނެއެވެ.

މި މަޒްމޫނުގައި މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ޗައިނާއިން މި ހުސްވިމަހު ނެގި އިސްނެގުމާ ބެހޭގޮތުން ރައީސް ޝީ ވާހަކަފުޅު ދައްކަވައިފައި ވެއެވެ. ޖުމްލަ 12 ނުކުތާ ހިމެނޭ މި އިސްނެގުމުގައި ބައިނަލްއަޤްވާމީ ނަޒަރުން މި މަސްއަލައަށް ޗައިނާއިން ބަލައިފައިވާނޭ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ދެކެވަޑައިގަންނަވާ ގޮތުގައި "މި އިސްނެގުމަކީ މި މަސްއަލައިގެ ނުބައި ނަތީޖާތައް ދުރަށްލުމަށާއި މަސްއަލައަށް ސިޔާސީ ޙައްލެއް ގެނެއުމަށް ޓަކައި އޮތް ބިނާކުރުމުގެ ބަހާއެކެވެ. ތައުގީދީ މަސްއަލަތަކަށް ސާދާ ޙައްލުތަކެއް ލިބިގެން ނުވެއެވެ."

ޝީ ވިދާޅުވި ގޮތުގައި އޭނާ ރަޝިޔާއަށް ކުރެއްވި "ކޮންމެ ދަތުރުފުޅަކީ ބޮޑެތި ހެޔޮ ނަތީޖާތަކެއް ގެނެސްދިން ޒިޔާރަތްތަކެކެވެ." އޭނާ އިޝާރަތްކުރެއްވި ގޮތުގައި މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ވާ ރަޙްމަތްތެރިކަން ވަރުގަދަ ކުރުމެވެ. ޚުދްމުޚްތާރުކަމާއި އަތްގަދަކުރުމާއި ބޯޑާކަމުގެ ޢަމަލުތަކުން ބިރުދައްކަމުންދާ ޢާލަމެއްގައި "ޝާމިލު ބައިވެރިވުމާއި އިސްތިރާތީޖީ އެއްބާރުލުމެއް" ޤާއިމުކުރުމެވެ.

ރައީސް ޝީ ވިދާޅުވިއެވެ. "އެންމެ ދައުލަތަކަށް އެންމެ ފަހުބަސް ބުނުމުގެ ބާރު ލިބިފައިވާ ޢާލަމީ ނިޒާމެއް އަދި ސަރުކާރެއްގެ ނަމޫނާއެއް މިއަދު ވުޖޫދަކު ނެތެވެ."

އައު ނަމޫނާއެއް

ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިޔާއާއި ޗައިނާއިން ދަނީ އެންމެ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަންވާ ގުޅުންތަކުގެ އައު ނަމޫނާއެއް އުފައްދަމުންނެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ބިނާވެފައި ވަނީ "ވަކި ފަރާތަކަށް ނުޖެހުމާއި ކުރިމަތިނުލުމާއި ތިންވަނަ ފަރާތަކާ ދެކޮޅަށް އަމާޒު ނުކުރުމުގެ ބިންގަލުގެ މަތީގައެވެ."

މީގެ ކުރީގެ ވަގުތެއްގައި ޗައިނާގެ "ރައްޔިތުންގެ ނޫސް"ގައި ރައީސް ޕޫޓިން ޝާއިޢު ކުރެއްވި މަޒްމޫނެއްގައި ރައީސް ޝީއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައި ވެއެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޗައިނާ އޮތީ ޔުކްރޭން މަސްއަލަ ޙައްލުކުރުމަށް ޓަކައި ބިނާކުރަނިވި ދައުރެއް ކުޅުމަށް ތައްޔާރުވެގެންނެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޗައިނާއާއެކު އޮތް ވަރުގަދަ ގުޅުން ދަނީ ފުންވަމުންނެވެ. މި ގުޅުން ދަނީ ހެދި ބޮޑުވަމުންނެވެ. ފިނިހަނގުރާމައިގެ ސިޔާސީ އަދި ޢަސްކަރީ ގުޅުންތަކަށްވުރެ މި ގުޅުން މާ އުހެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ވާ ޝާމިލު އިސްތިރާތީޖީ އެއްބާރުލުމަކީ ޝާމިލު އެއްބާރުލުމެކެވެ. މި ގުޅުން މިހާރު ވަނީ އައު ޒަމާނަކަށް ވަދެފައެވެ.

ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ޗައިނާގެ ރައީސް ޝީގެ ދަތުރުފުޅާ ބޮޑެތި އުންމީދު ތަކަކާ ވަނީ ގުޅިފައެވެ. އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވޭ ވިޔަފާރި މި އަހަރު 200 ބިލިއަނަށް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *