Support Us

މިޞްރުގައި ރަޝިޔާއިން ނިޔުކްލިއަރ އިސްޓޭޝަނެއް ބިނާކޮށްދެނީ

މިޞްރުގައި ރަޝިޔާއިން ނިޔުކްލިއަރ އިސްޓޭޝަން ބިނާކޮށްދޭން ނިންމައިފިއެވެ.

މިޞްރާއި ރަޝިޔާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން މިސްރުގެ ރައީސް ސީސީ ރަޝިޔާގެ އިސް ވަފްދަކާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބަހުސް ކޮށްފައިވަނީ މިޞްރުގެ އުތުރު އައްސޭރިގެ ސަރަޙައްދެއް ކަމުގައިވާ މަރްސާ މަޠުރޫޙުގެ ޟަބްޢާގައި ނިޔުކްލިއަރ އިސްޓޭޝަނެއް ބިނާކުރުމާއި މިޞްރަށް ބޭނުންވާ ގޮދަނާއި ގޮވާމުގެ މަސްއަލައިގައެވެ.

މިޞްރުގެ ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރަޝިޔާ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ވިޔަފާރިއާ ބެހޭ ވަޒީރާއި ރައީސް ޕޫޓިންގެ ޚާއްޞަ މަންދޫބަކު ވެއެވެ. ރައީސް ސީސީ މި ވަފްދާއެކު ބަޙުސް ކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސުވޭސް ކެނެލް ސަރަޙައްދު ތެރޭގައި ރޫސީ ޞިނާޢީ ސަރަޙައްދެއް ޤާއިމުކުރުމާ ބެހޭ ޚާއްޞަ މަޝްރޫޢު ފަދަ ވުނަކުރުމުގެ އެތައް މަޝްރޫޢުތަކެއް ވެއެވެ.

ނިޔްކްލިއަރ އިސްޓޭޝަނެއް ބިނާކުރުން

ރަޝިޔާގެ ނިޔުކްލިއަރ ހަކަތަޔާ ބެހޭ ދައުލަތުގެ ކުންފުނި ރޮސްޓޯމުން މިޞްރުގެ ޟަބްޢާގައި މި އިސްޓޭޝަން ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ފަށައިފައެވެ. މި އިސްޓޭޝަނުގެ މަސައްކަތް ފުރިހަމަ ކުރެވޭނީ 2030ގައި ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢަކީ 30 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ. މީގެ ތެރެއިން 25 ބިލިއަން ޑޮލަރު ރަޝިޔާއިން ދެނީ ދަރަންޏެއްގެ ގޮތުގައެވެ. މި ދަރަނި އަދާކުރަން ޖެހޭނީ 35 އަހަރުގެ ތެރޭގައެވެ. އަނެއް ފަސް ބިލިއަނަކީ ރަޝިޔާއިން މިޞްރަށް ދޭ އެހީއެކެވެ.

މި ނިޔުކްލިއަރ އިސްޓޭޝަނުގައި ހަތަރު ރިއެކްޓަރު ހުންނާނެއެވެ. މި އިސްޓޭޝަނުގެ ދާދިވަރު ޢުމުރަކީ 60 އަހަރެވެ. މި އިސްޓޭޝަނުން 4،800 މެގަ ވޯޓުގެ ކަރަންޓް އުފައްދާނެއެވެ.

މި އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ރަޝިޔާއިން މި އިސްޓޭޝަނަށް ބޭނުންވާ މީހުން ތަމްރީން ކޮށްދޭނެއެވެ. އަދި ފުރަތަމަ 10 އަހަރު މި އިސްޓޭޝަން މަރާމާތުކޮށް ބަލަހައްޓައިދޭނެއެވެ. މީގެ އިތުރަށް މި އިސްޓޭޝަނުގައި ބޭނުންކޮށްފައި ހުންނަ ނިޔުކްލިއަރ ހަކަތައިގެ އުނދަނަތައް ގުދަންކުރުމަށް ބޭނުންވާ ތަންތަން ވެސް ޤާއިމުކޮށްދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *