Support Us

އެއްމިލިއަން ޢުމްރާވެރީންނަށް މަރްޙަބާ ކިޔުމަށް މައްކާ، މަދީނާ ތައްޔާރު

މި އަންނަ ބަރަކާތްތެރި ރަމަޟާން މަހު ޢުމްރާވުމަށް މައްކާއަށާއި މަދީނާއަށް އަންނަ މީހުންނަށް ޓަކައި މައްކާއި މަދީނާގެ ޙަރަންފުޅުތައް ތައްޔާރުވެފައިވާ ކަމަށް އަލްމަސްޖިދުލް ޙަރާމާއި އަލްމަސްޖިދުއް ނަބަވީގެ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް އައްޝައިޚު ޢަބްދުއްރަޙްމާނުއް ސުދައިސް އިޢުލާން ކުރައްވައިފިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ އިދާރާއިން ތައްޔާރުވަމުން މި އަންނަނީ އެއް މިލިޔަން މީހުން ޢުމްރާއަށް އަންނާނެ ކަމަށް ބަލައިގެންނެވެ.

އައްޝައިޚު އައްސުދައިސް ވިދާޅުވި ގޮތުގައި ޢުމްރާވެރީންނަށާއި އަލްމަސްޖިދުލް ޙަރާމަށް ނަމާދަށާއި ޠަވާފަށް އަންނަ މީހުންނަށާއި މަދީނާއަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންވާނެ ހުރިހާ ކަމަކާއި އެމީހުން ޒިޔާރަތްކުރާނެ އެންމެހައި ތަންތަން ވަނީ ފުރިހަމައަށް ޚިދްމަތް ދެވޭނެ ގޮތަށް ވަސީލަތްތައް ތައްޔާރު ކޮށްފައެވެ.

އައްސުދައިސް ވިދާޅުވި ގޮތުގައި ބަރަކާތްތެރި ރަމަޟާނީ މޫސުމަށް ޓަކައި ދެ ޙަރަންފުޅުގެ ޚިދްމަތްތަކާ ބެހޭ އިދާރާ އޮތީ ތައްޔާރުވެގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްކާގެ ޙަރަންފުޅުގެ ސިޑިތަކާއި ލިފްޓުތަކާއި ޒަމްޒަމް ފެނުގެ ޚިދްމަތް މިހާރުވަނީ ފުރިހަމަ ކޮށްފައެވެ. މި ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ފަންނީ ކޮމެޓީތައް ވެސް އުފައްދާއިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރަމަޟާން މަހުގެ ތެރޭގައި ދީނީ ދަރްސުތައް ދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *