އީރާނުގެ ރައީސް އިބްރާހީމު ރައީސީ ސުޢޫދީ ޢަރަބިއްޔާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު (ފޮޓޯގައި) މިއަދު ދަޢުވަތު އަރުއްވައިފިއެވެ.
އީރާނުގެ ރައީސް އޮފީހުގެ ސިޔާސީ މަސްއޫލުވެރިޔާގެ ނައިބު އޭނާގެ ޓުވީޓުގައި މިކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އަނެއްކޮޅުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ހާމަކުރެއްވި ގޮތުގައި ވަރަށް ކައިރި މުސްތަޤްބަލެއްގައި އޭނާ ސުޢޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރަޙާނާ ބައްދަލު ކުރައްވާނެއެވެ. އެހެނަސް މި ބައްދަލު ކުރެއްވުން އޮންނާނެ ވަކި ތަނެއް އަދި ތާރީޚެއް ވިދާޅެއްނުވެއެވެ.
އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ޢަބްދުﷲޔާނާ ޙަވާލާދީ ބުނާގޮތުގައި ޠަހަރާން އޮތީ އީރާނުގެ އެންބެސީ ޠަހަރާނުގައި ހުޅުވަން ތައްޔާރަށެވެ.