Support Us

ކޮލަމް ކޯދު: ރޯދަމަހާ ގުޅޭ ވާހަކައެއް

އެކިއެކި މުނާސަބާތްތަކަކީ އެކަންކަން ފާހަގުކުރުމުގައި ތަފާތު ފައިދާތައް އެކުލެވޭ ކަންކަމެވެ. މިގޮތުން ދީނީ މުނާސަބާތްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ މުހިއްމު އެއް މުނާސަބަތަކީ މާތްވެގެންވާ ރަމަޟާން މަހެވެ. ކުރިމަތީގައި އޮތީ މި މާތް މައްސަރެވެ.

މި ފަދަ މުނާސަބާތްތައް ކުރިމަތިވާ ހިނދު، މި ފަދަ މުނާސަބަތަކީ ތިމާމެންގެ އަމިއްލަ ރޫހާނީ ހަޔާތަށް ހެޔޮ ބަދަލެއް ގެނައުމުގެ އެދުން އުފެދިގެންދެއެވެ. އެ ގޮތުން މި ރަމަޟާން މަހަކީ ތިމާމެންގެ ހިތް ސާފުވެ ދިޔުމުގެ މައްސަރެއްކަމުގައި ލެއްވުމަށް އެދެވި އެކަން ކުރުމުގެ ނިޔަތް ގަނެވެއެވެ. ތިމާމެންގެ ހިތުގެ ތެރޭގައި އޮތް ނަމަ އޮތް ހަސަދަވެރިކަމަކާއި އަނެކުންނަށް ހެޔޮ ނޭދުން ފަދަ ކަންކަމުން ތިމާމެންގެ އެތެރެ ސާފުވެ ދިޔުމުގެ އެދުމުގެ މަސައްކަތެވެ. އެހެނީ ތިމާމެންގެ އެތެރެ ސާފުވެއްޖެ ނަމަ، ތިމާމެންނަށް ނުފެންނަ އިލާހީ ނޫރެއް ތިމާމެންގެ އެތެރޭގައި އުފެދެން މެދުވެރިވެއެވެ. އަދި އެކަމުގެ ސަބަބުން އެންމެންގެ ލޯބި ތިމާމެންނަށް ލިބޭ ގޮތް ވެއެވެ. އަދި ތިމާމެންގެ ބޭނުންތައް ވެސް ނޭނގި ތިއްބާ ފުދޭނޭ ގޮތްތައް މެދުވެރިވެއެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އަޅަމެންގެ ހިތްތަކަކީ ސާފު ހިތްތަކެއް ކަމުގައި ލައްވަވާނދޭވެ! އަދި އެކަން ހާސިލުވެ ދިޔުމަށްޓަކައި އަޅަމެންނަށް މަސައްކަތް ކުރެވޭނޭ ގޮތް މެދުވެރިކުރައްވާނދޭވެ!