Support Us

ޔުކްރޭނުގެ ބައެއް ރަށްތަކަށް ޕޫޓިން ޒިޔާރަތް ކުރައްވައިފި

ރަޝިޔާގެ މީޑިޔާތައް ބުނާގޮތުގައި ރޫސީ ރައީސް ޕޫޓިން މިއަދު ހެދުނު ޔުކްރޭނިޔާގެ އިރުމަތީ ސަހަރެއް ކަމުގައި މާރިޔާޕޯލަށް ޒިޔާރަތްކުރައްވައިފިއެވެ. މި ސަހަރަކީ ރަޝިޔާގެ އިއްތިޙާދަށް ވަދެފައިވާ ޔުކްރޭނުގެ ޑޮނެޓްސްކް ސަރަޙައްދުގެ ތެރޭގައި ހިމެނޭ މުހިއްމު ސަހަރެކެވެ.

ރޫސީ ރައީސް އިއްޔެ ވަނީ ކްރެމިޔާ ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފައެވެ. ކްރެމިޔާއަށް ވަޑައިގަތީ އެ ސަރަޙައްދު ރަޝިޔާގެ ބަޔަކަށް ހެދިހެދުމަށް ނުވަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރައްވާށެވެ.

ޓާސް ބުނާގޮތުގައި ރައީސް ޕޫޓިން މާރިޔޯޕޯލަށް ވަޑައިގަތީ ހެލިކޮޕްޓަރުގައެވެ. އެއަށްފަހު ކާރުކޮޅުގައި އެ ސަހަރުގެ އެތަންމިތަން ބައްލަވައިލައްވައި ޢާންމުންނާ ބައްދަލުކުރައްވާ އެމީހުންގެ ޙަލުއަޙްވާލާ ބެހޭ ގޮތުން ސުވާލުކުރެއްވިއެވެ.  

ޓާސް ބުނާގޮތުގައި ރައީސް ޕޫޓިން ޔުކްރޭނުގައި ހުންނަ ރޫސީ ޢަސްކަރީ ޚާއްޞަ ޢަމަލުތަކާބެހޭ އިސްވާރިއްޔަތުގެ އިސް ވެރީންނާ ވެސް ބައްދަލު ކުރެއްވިއެވެ. މި ބޭފުޅުންގެ ތެރޭގައި ޗީފް އޮފް ސްޓާފް ގްރާސިމޯވް ހިމެނިވަޑައިގަންނަވައެވެ. ޢަސްކަރީ ޚާއްޞަ ޢަމަލުތައް ބަލަހައްޓަވާ އެން އިސް ކޮމާންޑަރަކީ އޭނާއެވެ. ޓާސް ހާމަކުރި ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ ދެކުނު ރަޝިޔާގެ ޑޮން ކޯރުގެ އައްސޭރީގައި ރޮސްޓޯވްގައި ހުންނަ އިސްވާރިއްޔަތުގެ މަރްކަޒުގައެވެ.

އަނެއްކޮޅުން ޔުކްރޭންގެ ޚާރިޖީ ވުޒާރާ ބުނާގޮތުގައި ރަޝިޔާގެ އިއްތިޙާދަށް ވައްދައިފައިވާ އެ ޤައުމުގެ ބިންތައް އަނބުރާ ހޯދާނަމެވެ. ޔުކްރޭނުގެ ބިމުގެ 15 ވަރަކަށް އިންސައްތަ ބިން މިހާރު އޮތީ ރަޝިޔާގެ އިއްތިޙާދަށް ވައްދައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *