Support Us

އެއީ ޢާންމު އިންތިޚާބުގައި ބައިވެރިވެވެދާނެތީ ރާވައިފައިވާ މުއާމަރާއެއް: އިމްރާން 

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް ކުރެވޭ މަސައްކަތަކީ ޢާންމު އިންތިޚާބުގައި އޭނާ ބައިވެރިވެ ވަޑައިގަންފާނެތީ އެ ކަން މަނާކުރުމަށް ޓަކައި ރާވައިފައިވާ މުއާމަރާއެއް ކަމަށް ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ރޮއެޓަރޒް ބުނާގޮތުގައި އޭނާ ހައްޔަރުކުރުން މިއަދު ހެނދުނު 10:00 އާ ހަމައަށް ފަސްކުރުމަށް ލާހޯރުގެ ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މި އަމުރު ނެރުނީ ޢިމްރާން ޚާނަށް ތާއީދުކުރާ މީހުންނާ ފުލުހުންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގުމުންނެވެ. މި ކުރިމަތިލުންތަކާ ހެދި ފުލުހުންނަށް ވަނީ ޢިމްރާން ޚާން ހައްޔަރު ނުކުރެވިފައެވެ.

ޕާކިސްތާނުގެ ޚާރިޖީވަޒީރު ތުހްމަތު ކުރައްވާ ގޮތުގައި ޚާނަކީ ޖުޑީޝަރީއަށް ފުރައްސާރަކުރައްވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވިދާޅުވާގޮތުގައި ޚާން ހައްޔަރުކޮށް އިންސާފަށް ހުށައެޅޭނެއެވެ.

މިއަދު ހަވީރު ޚާން އަމިއްލަފުޅަށް ވަނީ ކޯޓަށް ވަޑައިގެންފައެވެ. އޭގެފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

އިއްޔެ ލާހޯރުގައި ޚާނުގެ ވާގިވެރީންނާއި ފުލުހުންނާ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ 50 މީހަކާއި ޢާންމުންގެ 14 މީހަކު ޒަޚަމުވެފައި ވެއެވެ.

ޕާކިސްތާނު ސަރުކާރުގެ ތަރްޖަމާނު އަމީރު މީރު ހާމަކުރެއްވި ގޮތުގައި މި ކުރިމަތިލުންތައް ހިނގައިފައިވަނީ ޢިމްރާން ޚާނުގެ ގެކޮޅު ކުރިމަތިގައި ފުލުން ކޯޓު އަމުރު ޚާނާ ޙަވާލު ކުރުމަށް ދިޔުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *