Support Us

ޔުކްރޭން ސިފައިންގެ ބަޔަކު ކީރިތި ޤުރްއާނުގެ އިޙްތިރާމު ކަނޑައިފި

ޔުކްރޭން ސިފައިންގެ ތެރެއިން ޙައްދުފަހަނަޅައިވާ ބަޔަކު ކީރިތި ޤުރްއާނު (މުޞްޙަފު)ގެ ކޮޕީތަކެއް ވީދައިލައި އަންދައިލި ވީޑިއޯ ކްލިޕެއް ނެޓަށްލައި ފަތުރައިފިއެވެ.

މި ވީޑިއޯއިން ފެންނަގޮތުގައި ޔުކްރޭން ސިފައިންގެ މީހަކު ޚަތިމުތަކެއް ގެނައުމުން އެހެން މީހަކު ޚަތިމުތައް ވީދުމުން އެހެން މީހަކު ޚަތިމުތައް އަނދަމުން ދިޔައެވެ. މި ހަޑިހުތުރު ޢަމަލު ހިންގަމުންދިޔައިރު ސިފައިންގެ އެހެން ބަޔަކު ކީރިތި ޤުރްއާނަށް މަލާމާތްކޮށް ފުރައްސާރަކުރަމުން ދިޔައެވެ.

ޔުކްރޭން ސިފައިންގެ މި ބޭއިޙްތިރާމު "ގޮތްކުޑަ" ޢަމަލަށް ރައްދުދެއްވާނެ ކަމުގެ އިންޒާރު ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް މިއަދު ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަމަޟާންމަހުގެ އޮޅިގަނޑުމަތީގައި މުސްލިމުން ތިބި ވަގުތެއްގައި މި ޢަމަލު ހިންގި ބަޔަކު ހޯއްދަވައި އެމީހުންގެ ކިބައިން ބަދަލުހިއްޕަވާނަމެވެ. އޭނާ ޓެލެގްރާމުގައި ލިޔުއްވިއެވެ. "މިއީ ތިޔަބައިމީހުންގެ ހަށިތަކުގެ ތެރޭގައި އުޅޭ ޙަޤީޤީ ޝައިޠާނާ ދައްކާދޭ ކަމެކެވެ. ކަލޭމެންގެ މި ޢަމަލަށް އަހުރެމެން ކުޅި ދައްކާލާނަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *