...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މުވައްޒަފުގެ ޓިކެޓުގެ އަގު ދައްކައިދިން މީހެއްގެ ވާހަކަ

މުސާރަ ނަގައިގެން ގެއަށް ދިޔުމުގެ ގަސްދުގައި، މުވައްޒިފު ހަލުވިކަމާއެކު ހިނގައިގަތެވެ. އަދި، ބަސް އައުމުން ބަހަށް އެރިއެވެ. ބަހުގައި މީހުން ގިނަވުމުގެ ސަބަބުން އޭނާއަށް ޖެހުނީ ކޮޅަށް ހުންނާށެވެ.

އެ ވަގުތު ޖީބު ކަނޑާ މީހަކު ބަހަށް އެރިއެވެ. އަދި، ދަނޑިވަޅު ބަލާފައި، މުވައްޒިފުގެ މުސާރައެއްކޮށް ދަމައިގަތެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓިކެޓު ކަނޑާ މީހާ އައިސް މުވައްޒަފު ގާތު ޓިކެޓު ގަންނަން ބުންޏެވެ. މުވައްޒަފު ޖީބަށް އަތްލުމުން އެނގުނީ އޭނާގެ މުސާރަ އެއްކޮށް ގެއްލިއްޖެ ކަމެވެ. ދެން ވަރަށް ވެސް ލަދުގަނެ އޭނާގެ މޫނު ރަތްވިއެވެ. ދެން، ޓިކެޓު ކަނޑާ މީހާ މުވައްޒިފާ ދިމާއަށް ބުންޏެވެ. "ކަލޭ ފެންނަނީ މުހުތަރަމު މީހެއްގެ ގޮތުގައެވެ. ނަމަވެސް، ކަލޭގެ ޖީބުގައި އެންމެ ލާރި ފޮއްޗެއް ވެސް ހަމަ ނެތީ ހެއްޔެވެ؟"

މިއަޑު އަހާފައި ޖީބު ކެނޑި ކަލޭގެ ހިތުގައި މުވައްޒަފާ މެދު ހަމްދަރުދީވެ، ޓިކެޓު ކަނޑާ މީހާއަށް ބުންޏެވެ. "މިއަދު، މި މުވައްޒަފުގެ ޓިކެޓުގެ އަގު ދައްކާނީ އަހަންނެވެ." އެހެން ބުނެ، ވަގުކަލޭގެ މުވައްޒަފުގެ ޓިކެޓުގެ އަގު ދެއްކިއެވެ.

ދެން މުވައްޒަފު، ޖީބުކަނޑާ ވަގުކަލޭގެއަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރިއެވެ. އަދި، އޭނާ ފަދަ މީހުން ރަށުގައި އިތުރުވެދޭތޯ ދުއާވެސް ކުރިއެވެ. ހަމަ އެހެންމެ، ބަހުގައި ތިބި އެންމެންވެސް ވަގު ކަލޭގެގެ ދީލަތިކަމާއި މަތިވެރި އަޚުލާގަށްޓަކައި ތައުރީފުކޮށް އޭނާއަށް ހެޔޮ ދުއާކުރިއެވެ. އަދި، މުވައްޒިފު ދުއާކުރި ފަދައިން، ވަގުކަލޭގެ ފަދަ ދީލަތި އަޚުލާގު ރަނގަޅު މީހުން ރަށުގައި އިތުރުވޭތޯ ދުއާ ވެސް ކުރިއެވެ.

އެ ދުވަހުއްސުރެން، ޖީީބު ކަނޑާ ވަގުކަލޭގެ ފަދަ މީހުން ރަށުގައި ގިނަވަމުން އިތުރުވަމުން ދިޔައެވެ. އަދި، އޮފީސްތަކާއި ސަރުކާރުގެ އިސް ސަފުތަކުން ވެސް ޖީބު ކަނޑާ ވަގުކަލޭގެ ފަދަ ދީލަތި މީހުން ފެންނަން ފެށިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.