Support Us

މިޞްރު– އީރާން ގުޅުންތައް ރަނގަޅުވެދާނެތީ އިސްރާއީލު ކަންބޮޑުވޭ

މިޞްރާއި އީރާނާ ދެމެދުގައިވާ ގުޅުންތައް ރަނގަޅުވުމަކީ އިސްރާއީލު ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ  މަޢާރީފު ބުނެފިއެވެ.

މި ނޫސް ބުނާގޮތުގައި މިޞްރާއި އީރާނާ ދެމެދުގައި ދެބަސްވުން ހުރި އެތައް މަސްއަލަތަކެއް އެބަހުށްޓެވެ. އޭގެ ތެރޭގައި ޣައްޒާގެ ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތުން ހިންގާ ފިދާއީ ޙަމަލާތަކުގައި އީރާނުން އެހީވާ މަސްއަލަ ވެއެވެ.

މި ނޫސް ބުނާގޮތުގައި އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ހާމަކުރެއްވި ގޮތުގައި މިޞްރާ އީރާނާ ދެމެދުގައި އޮތް ގުޅުންތައް ވަރަށް އަވަހަށް އިޢާދަ ކުރެވޭނެއެވެ. މިއީ ސުޢޫދީ– އީރާން ގުޅުންތައް އިޢާދަކުރުމަށް އެއްބަސްވުމާ ވިދިގެން ނުކުތް ހެޔޮ ނަތީޖާއެއް ކަމަށް ކަންޢާނީ ވިދާޅުވިއެވެ.

ޢިބްރީ ބަހުން ޝާއިޢުކުރާ މި ނޫސް ބުނާގޮތުގައި މި ގުޅުންތައް އިޢާދަކުރުމާ ބެހޭގޮތުން ޤާހިރާއާއި ޠަހަރާނާ ދެމެދުގައި ތަފާތު ފެންވަރުތަކުގައި ވާހަކަދެކެވެމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަޢާރީފު ދުވަހު ނޫސް ބުނާގޮތުގައި އީރާނަކީ  މިޞްރުގެ ސިޔާސީ ޒަޢާމަތަށް ވަރަށް އިޙްތިރާމު ކުރާ ދައުލަތެކެވެ.

މި ދިޔަ ޑިސެންބަރު މަހު ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދުއް ސޫދާނީ އީރާން މިޞްރު ގުޅުންތައް ރަނގަޅކުރުމަށްޓަކައި ވާހަކަދެއްކުންތައް  ފެށުމަށް މަސައްކަތް ފެށްޓެވުމުން،  އީރާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲޔާން ވަނީ އެކަމަށް މަރްޙަބާ ވިދާޅުވެފައެވެ. ޢިރާޤުގެ ބޮޑު ވަޒީރު ވިދާޅުވާ ގޮތުގައި ސަލާމަތާއި ސިޔާސީ ފެންވަރުގައި ގުޅުންތައް އިޢާދަކުރުމަށް ޓަކައި ސީދާ ވާހަކަދެއްކުންތައް ފެށުމަކީ ބަޣްދާދު ވަރަށް ޝައުޤުވެރިވާ ކަމެކެވެ.

މި ފާއިތުވި އަހަރު ނިމުނުކޮޅުގައި ޢުމާނުގައި، މިޞްރުގެ ރައީސް ސީސީ ވަނީ އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމާ ބެހޭގޮތުން އިރާނުގެ ވަޒީރު ވިދާޅުވާ ގޮތުގައި އެއީ "ވަރަށް އީޖާބީ" ބައްދަލުކުރެއްވުމެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *