Support Us

ރަޝިޔާގެ ހަނގުރާމަމަތީ ދެ ބޯޓަކުން ހުރަސްއެޅުމުން އެމެރިކާގެ ޑްރޯނެއް ވެއްޓި އަރާރުން ގަދަވެއްޖެ

ރަޝިޔާގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓަކުން ކަޅުކަނޑުމަތީގައި އެމެރިކާގެ ޑްރޯނަކަށް ހުރަސްއެޅުމުން މި ޑްރޯން ވެއްޓި އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި އަރާރުން ގަދަވެއްޖެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެމެރިކާގެ އެމްކިޔޫ9 މަރުކާގެ ޑްރޯން ވެއްޓުނީ ރަޝިޔާގެ ހަނގުރާމަމަތީ ސުޚޮއި 27 މަރުކާގެ ބޯޓަކުން އެ ޑްރޯނުގައި ބުރަފަތީގައި ޖެއްސުމުންނެވެ. އެމެރިކާގެ ޑްރޯނަކީ ޖާސޫސީ މަސައްކަތަށް ޚާއްޞަ އުޅަނދެކެވެ.

ވައިޓްހައުސުންނާއި ޕެންޓަގަނުން މި ޙާދިސާއާ ވަރަށްބޮޑަށް ދެކޮޅުހަދައި މަސްރަޙު ހޫނުވެގެން ދިޔަނުދިނުމަށް އިންޒާރު ކުރިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ހާމަކުރެއްވި ގޮތުގައި ރޫސީ ސަފީރު ޚާރިޖިއްޔާއަށް މިއަދު ގެނެސް އިންޒާރުގެ ނޯޓެއް ޙަވާލުކުރެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ރޭ ރަޝިޔާގެ ޚާރިޖިއްޔާއަށް ވަނީ "ވަރުގަދަ މސެޖެއް" ދެއްވައިފައެވެ.

ރަޝިޔާގެ ކޮމެންޓް

ރަޝިޔާއިން ރޭ ބުނިގޮތުގައި އެމެރިކާގެ ޖާސޫސީ ޑްރޯން އެމްކިޔޫ9 ދަތުރުކުރަމުން ދިޔައީ ރަޝިޔާގެ ކްރެމިޔާ ވައިގެ ސަރަޙައްދުތެރެއަށް ވަންނާށެވެ. ވަގުތުން ރަޝިޔާގެ ހަނގުރާމަތީ ދެ ބޯޓު މި ޑްރޯނަށް ހުރަސް އެޅުމަށް ފޮނުވުނެވެ. މޮސްކޯ ބުނާގޮތުގައި އެމެރިކާގެ ޑްރޯން ވެއްޓުނީ އޭގެ އުސްމިން ކޮންޓްރޯލް ނުކުރެވިގެންނެވެ.

ރަޝިޔާއިން ބުނިގޮތުގައި އެއީ ކޮން އެއްޗެއްކަން އަންގައިދޭ ވަސީލަތުން އެއާ ބެހޭ އެއްވެސް ތަޢާރުފެއް ނުދެއެވެ.އެހެންކަމުން މިއީ ޤަވާޢިދާ ޚިލާފަށް ރަޝިޔާގެ ސަރަޙައްދު ތެރެއަށް ވަން އުޅަނދެކެވެ. ރަޝިޔާއިން ބުނާގޮތުގައި އެ ސަރަޙައްދަކީ ވައިގެ ދަތުރުތަކަށް މަނާ ސަރަޙައްދެއްކަން މުޅި ދުނިޔެއަށް ވެސް އެނގޭނެއެވެ.

ރަޝިޔާއިން ބުނިގޮތުގައި އެމެރިކާގެ ޑްރޯން ހެވިކަމުގެ އުކުޅުތައް ދައްކަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި ޑްރޯން ވެއްޓުނީ މި ކަމާ ހެދިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނިގޮތުގައި ރަޝިޔާގެ ބޯޓުތަކުން ހަތިޔާރުގެ ބޭނުމެއް ނުކުރެއެވެ.

އެމެރިކާގެ ބަސް

އެމެރިކާ ބުނާގޮތުގައި ރަޝިޔާގެ ބޯޓުތަކުން މި ޑްރޯނަށް ހުރައްސްއެޅިއެޅުމަކީ "ތާކުންތާކު ނުޖެހޭ" ކަމެކެވެ. އެމެރިކާގެ ބުނާގޮތުގައި ރަޝިޔާގެ ބޯޓުތައް އެމެރިކާގެ ޑްރޯން ކުރިމަތީގައި ހެވިކަން ދައްކަން ފެށީ އެ ޑްރޯނަށް ރައްކައުތެރިކަން ނުލިބޭފަދަ ގޮތަކަށެވެ. އެމެރިކާގެ ޢަސްކަރިއްޔާ ބުނާގޮތުގައި މިއީ ރޫސީ ޕައިލެޓުންގެ ވަރަށް ނުބައި ސުލޫކެކެވެ.

ރަޝިޔާ ބުނާގޮތުގައި އެމެރިކާގެ ޖާސޫސީ ޑްރޯންތަކަކީ ރަޝިޔާގެ ސިފައިންގެ ޙަރަކާތްތަކަށް ފާރަލައި އެކަމާ ބެހޭ މަޢުލޫމާތު ކިޔީވަށް ދޭ އުޅަނދުތަކެކެވެ. މި ގޮތަށް ޖާސޫސު ކުރުމަށް ރަޝިޔާއިން އެމެރިކާއަށް ފުރްޞަތެއް ނުދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *