Support Us

ލޭ އޮހޮރުވުން ބޮޑު ހަނގުރާމަތަކެއް ޔުކްރެއިން ސިފައިން ކުރަނީ

ރަޝިޔާގެ ބާރުތަކުން ޔުކްރޭނުގެ ބަޚްމޫތު ސަހަރުގެ މެދުތެރެއަށް ބާރުފޯރުވުން މަނާކުރުމަށް ޓަކައި ޔުކްރޭން ސިފައިން، ލޭ އޮހޮރުވުން ބޮޑު ހަނގުރާމަތަކެއް ކުރަމުންދާ ކަމަށް ޔުކްރޭނުގެ ޢަސްކަރިއްޔާއިން ބުނެފިއެވެ.

ޔުކްރޭނުގެ އެއްގަމު ސިފައިންގެ ވެރިޔާ އެލެކްސަންޑަރ ސެރަސްކީ ހާމަކުރެއްވި ގޮތުގައި ބަޚްމޫތުގެ ޙާލަތު ދައްޗެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ވެގްނަރ ހަނގުރާމަވެރީން ދަނީ ހުރިހާ ފަރާތަކުން ކުރިއަރަމުންނެވެ. ޔުކްރޭނުގެ ދިފާޢުތައް ފޫއަޅުވައިލައިފާ ސަހަރުގެ މެދުތެރޭގެ އަވަށްތަކަށް ދަނީ އަރަމުންނެވެ.

އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ދަނީ ބަޚްމޫތުގެ ހުޅަނގު އުތުރު ފަރާތުން ކުރިއަރަމުން ޔުކްރޭން ސިފައިން ފަހަތަށް ޖައްސަމުންނެވެ.

ވެގްނަރ ހަނގުރާމަވެރީންގެ ވެރިޔާ ބްރިގޮޖިން ހާމަކުރެއްވި ގޮތުގައި ބަޚްމޫތުގެ ޙާލަތު ވަރަށް ދައްޗެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިން ދަނީ މި ރަށުގެ ކޮންމެ އިންޗިއެއްގައި ވަރުގަދައަށް ބަގުޑި ބައްދަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ސިފައިންނަށް ވަރަށް ރަނގަޅަށް މަދަދު އަންނަމުން އެބަދެއެވެ. ބްރިގޮޖިން އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި އޭނާގެ ސިފައިންގެ ހިތްވަރާއި ރޫސީ ހަތިޔާރުގެ މޮޅުކަމުން ހަނގުރާމަ ދަނީ އެމީހުންނާ އެއްކޮޅަށް ކުރިއަށެވެ. އޭނާގެ ހަނގުރާމަވެރީންނާ ރޫސީ ސިފައިންނާ ދެމެދުގައި ދަނީ ރަނގަޅަށް ވިލަރެސް ކުރެވެމުންނެވެ.

ރަބީޢު މޫސުމުގެ ޙަމަލާ

ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި ޔުކްރޭނުން ދަނީ މި އަންނަ ރަބީޢު މޫސުމުގައި ރަޝިޔާއާ ދެކޮޅަށް އިދިކޮޅު ޙަމަލާއެއް ފެށުމަށް ތައްޔާރުވަމުންނެވެ.އެ ހިސާބަށް ދެވޭއިރު ހުޅަނގުންނާއި އެމެރިކާއިންދޭ އާޓިލަރީ އުޅަނދުތަކާއި ޗެލެންޖަރު މަރުކާއާއި ލެޕަރޑް މަރުކާގެ ޓޭންކްތައް ކިޔީވަށް ލިބޭނެއެވެ. ޔުކްރޭނުގެ ޓޭންކާ ބެހޭ ފައުޖުގެ ވެރިޔާ ލިޔުނެޑް ޚޫދާ ވިދާޅުވާ ގޮތުގައި ހުޅަނގުގެ ޓޭންކުތަކުގެ އަސަރު ވަރަށް ބޮޑުވާނެއެވެ. އެހެނަސް ހުޅަނގުގެ މުޙައްލިލުން ވިދާޅުވާގޮތުގައި ރަޝިޔާ ލޯއޮހޮރުވައިލުމަށް ބަޚްމޫތަކީ ރަނގަޅު މައިދާނެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *