Support Us

އީރާނާއެކު ގުޅުންތައް އިޢާދަކުރުމުގެ މާނައަކީ ހުރިހާ ދެބަސްވުންތަކެއް ޙައްލުވުމެއް ނޫން: ސުޢޫދިޔާ

ސިޔާސީ ގުޅުންތައް އިޢާދަކުރުމަށް ރިޔާޟާއި ޠަހަރާން އެއްބަސްވުމުގެ މާނައަކީ އެ ދެ ޤައުމުގެ ދެމެދުގައި ހުރި ހުރިހާ ދެބަސްވުންތައް ޙައްލުވުމަށް މަގުކޮށިގެން ދިޔުމެއް ނޫން ކަމަށް ސުޢޫދީ ޚަރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވިދާޅުވެއްޖެއެވެ.

ނޫސްތަކާ ބައްދަލު ކުރައްވާ ފަރަޙާން ވިދާޅުވިގޮތުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އީރާނުގެ ޚާރިޖީ ވަރަށް އަވަހަށް ބައްދަލު ކުރެއްވޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. އޭނާ ކަށަވަރުކޮށް ދެއްވި ގޮތުގައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުންތައް އިޢާދަކުރެވޭނެއެވެ. ސަފީރުން ބަދަލު ކުރެވޭނެއެވެ.

މި މަސްއަލައާ ބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން އިއްޔެ ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއާއެކު ބޭއްވުނު ވާހަކަދެއްކުންތަކަކީ ވަރަށް އުނދަގޫ ވަރަށް ތައުގީދު ވާހަދެއްކުންތަކެކެވެ. އެހެނަސް ޗައިނާގެ ބެލުމުގެ ދަށުން ބޭއްވުނު ވާހަކަދެއްކުންތަކުން ނުކުތް ނަތީޖާގެ މަތިވަރު ވަރަށް ރަނގަޅުވެފައި ސާފެވެ.

އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީގެ ޢަސްކަރީ މުޝީރު ވިދާޅުވި ގޮތުގައި ޗައިނާ މެދުވެރިވެގެން ޤާއިމުކުރެވުނު މި އެއްބަސްވުމަކީ އެމެރިކާގެ ގައިގައި ޗައިނާއިން ޖެހި ދެވަނަ ތަފާލެވެ. އީރާން ސުޢޫދީ އެއްބަސްވުމަށްފަހު މި ސަރަޙައްދުގެ މަލަތަކަށް ބަދަލުތައް އަންނަމުންދާ ތަން ވަރަށް އަވަހަށް ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ އެ ދެ ޤައުމުގެ މަޞްލަޙަތަށާއި ހުޅަނގު އޭޝިޔާގެ ސަރަޙައްދުގެ މަޞްލަޙަތު އޭގައި ހިމެނޭ އެއްބަސްވުމެކެވެ. މިއީ އެއްވެސް ޤައުމަކާ ދެކޮޅަށް އެއްބަސްވެވުނު އެއްބަސްވުމެއް ވެސް ނޫނެވެ.

އީރާނުގެ ޚާރިޖިއްޔާ އިއްޔެ ބުނިގޮތުގައި ޠަހަރާނާއި ރިޔާޟާ ދެމެދުގައި އޮތް ގުޅުންތައް އަނބުރާ އިޢާދަކުރުމަށް އެ ދެ ޤައުމުން އެއްބަސްވި އެއްބަސްވުމަކީ އެ ދެ ޤައުމުގެ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތްކޮށްދޭނެ އެއްބަސްވުމެކެވެ. އީރާނުން ބުނިގޮތުގައި މި އެއްބަސްވުމުން އެނގެނީ އީރާނާއި އީރާނުގެ ރަޙްމަތްތެރީންނާއި ސަރަޙައްދީ އަވަށްޓެރީންގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް އީރާނުން މަސައްކަތްކުރާނެ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *